އެނގޭ ހެއްޔެވެ؟: އަބަދުވެސް އުފަލުގަ ހުރުމަށް ކުރަންއޮތީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެނގޭ ހެއްޔެވެ؟: އަބަދުވެސް އުފަލުގަ ހުރުމަށް ކުރަންއޮތީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ!

މުސްލިމުން އުފަލުގައި ތިބެން ކުރަންހުރި ކަންކަން އިސްލާމް ދީނުން އެނގެން އެބައޮތެވެ. ޙަޤީޤީ އުފާވެރިކަން ލިބެންއޮތީ އެކަންކަން ކުރެވުނު ވަރަކުންނެވެ. އެކަންކަން ކުރާ މީހާ އަބަދުވެސް ހުންނާނީ އުފަލުގައިކަން ޝައިޠޯނާއަށްވެސް އެނގެއެވެ. އެކަންކަން ކުރިއަނުދޭން ޝައިޠޯނާ އެހައި ބޮޑަށް މަސައްކަތްކުރަނީ އިންސާނުންނަށް ޙަޤީޤީ އުފާވެރިކަން ލިބެން އޭތި ބޭނުންނުވާތީއެވެ. 

ރަނގަޅަށް އަޑުއަހާށެވެ! އިންސާނުން މިހާތަނަށްކުރި ހުރިހާ ތަޖުރިބާތަކަކުންވެސް އެނގިގެންދަނީ އުފާވެރިކަން ލިބުމުގެ ތަޅުދަނޑިއަކީ ހިތްހަމަޖެހުން ކަމެވެ. ހިތްހަމަޖެހުން ލިބެނީ ފާފަ ނުކުރުމާއި ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރުމުން ކަމެވެ! އުފަލުގައި ހުންނަން އެދޭނަމަ އޮތީ ފާފަ ކުރުން ހުއްޓާލައި ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުން ކަމެވެ. 

މުސްލިމުންގެ އިތުރުން ހުރިހާ ދީންތަކެއްގެ މީހުންވެސް މިކަންކަން ހަމަމިގޮތަށް ޤަބޫލުކުރެއެވެ. އެއީ މިކަންކަމަކީ އެންމެން ޤަބޫލުކުރާ ޙަޤީޤަތަކަށްވާތީއެވެ. އުފާވެރިކަން ހޯދަން އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަން ކުރުވަނީ ޝައިޠޯނާއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ތިބާގެ ހިތް އެއިގެ މަންޒިލުން ގުޑައިފިނަމަ ހަށިގަނޑަށް ހަމަޖެހުމެއް ނުލިބޭނެއެވެ! ހިތުގެ ކޮންޓްރޯލްވަނީ ﷲ ތައާލާގެ ޙަޟްރަތުގައެވެ. ތިބާ ކަންބޮޑުވެ ހާސްވަމުން ދާތާ އެތައް އަހަރެއްވެފައިވާ ކަންކަން ފަޅި ސިކުންތެއްގެ ތެރޭގައި ޙައްލުކުރަވަވައި ދެއްވަވައި ހިތަށް ވަގުތުން ހަމަޖެހުން ގެނެސްދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. 

ހިތަށް ހަމަޖެހުން ލިބުންވަނީ އެމީހަކަށް ފާފަކުރެވޭ މންވަރު މަދުކުރި ވަރަކުންނެވެ! ފާފަކުރުން ހުއްޓައިލުމުންނެވެ! ވީމާ ހިތަށް ހަމަޖެހުން ލިބި އުފާވެރިކަން ލިބުން އެދޭ މީހާ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ކޮންމެ ކަމެއް ކުރިމަތިވެ ހިތްހަމަނުޖެހުނު ނަމަވެސް ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

ކިތަންމެ ގިނަ ތަކްލީފްތަކާއި ހިތްހަމަ ނުޖެހުމާއިއެކު އުޅުނު ނަމަވެސް ތައުބާވުން ގިނަކޮށް ފާފަފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާ މީހާއަށް އަބަދުވެސް އުފަލުގައި އެހުރެވެނީ އެދުޢާގެ ސަބަބުންނެވެ! ނުބައި އަމަލުތައް ކުރެވޭނަމަ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭނީވެސް އެކުރެވޭ ފާފަތަކުގެ ސަބަބުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން