އެޙަދީޘްފުޅެއް ބަޔާންކުރައްވަވާ ކޮންމެ ފަހަރަކު އަބޫހުރައިރަތުގެފާނު ބިރުފުޅުން އެތައް ފަހަރަކު ހޭފުޅުނެތޭ ޙަދީޘްފުޅެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެޙަދީޘްފުޅެއް ބަޔާންކުރައްވަވާ ކޮންމެ ފަހަރަކު އަބޫހުރައިރަތުގެފާނު ބިރުފުޅުން އެތައް ފަހަރަކު ހޭފުޅުނެތޭ ޙަދީޘްފުޅެ-

އަހުރެންނަށް އެނގިފައި އޮންނަގޮތުން އެޙަދީޘްފުޅެއް ބަޔާންކުރައްވަވާ ކޮންމެ ފަހަރަކު އަބޫހުރައިރަތުގެފާނު ބިރުފުޅުން އެތައް ފަހަރަކު ހޭފުޅުނެތޭ ޙަދީޘްފުޅެއް ވެއެވެ. އެޙަދީޘްފުޅަކީ އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭނެ 3 މީހުންގެ ވާހަކަ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވި ޙަދީޘްފުޅެވެ. 

އެ 3 މީހުންނަކީވެސް އެހެން ދީންތަކަށް އުޅުނު މީހުންނެއް ނޫނެވެ. އިސްލާމުންގެ ތެރެއިންވީ 3 މީހުންނެވެ. އެ 3 މީހުންކުރެ އެކަކީ (މީސްތަކުންނަށް އެނގެން އޮތް ގޮތުގައި) ޝަހީދެކެވެ.  އަނެކަކީ ޢިލްމުވެރިއެކެވެ. އަނެކަކީ (މީސްތަކުންނަށް އެނގެން އޮތް ގޮތުގައި) ގިނަގިނައިން ޞަދަޤާތްކުރި މީހެކެވެ. 

މި 3 މީހުންވެސް ނަރަކައަށް އެއްލަވައިލައްވަވަން މަލާއިކަތުންނަށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވަނީ ދެއްކުންތެރިކަމުގައި، ތިމާގެ މަޝްހޫރުކަން ދައްކަން ކަންކަން ކުރީތީއެވެ. އެމީހުން އެދުނު ފަދައިން ދުނިޔޭގައި އެމީހުންނަށް މަޝްހޫރުކަން ލިބުނެވެ. މީސްތަކުންގެ ތައްރީފްވެސް ލިބުނެވެ. ނަމަވެސް އެމީހުން ވެގެންދާނީ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭ މީހުން ކަމުގައެވެ. 

މީސްތަކުންނޭވެ! ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ﷲ ތަޢާލާއަށްޓަކައި ކުރާށެވެ! މީހަކަށް ކޮށްދޭ ކިތަންމެ ބޮޑުކަމެއް އަދި ކުޑަކަމެއް ނަމަވެސްމެއެވެ. ދެއްކުންތެރިކަމުގެ ނިޔަތުގައި ކިތަންމެ ބޮޑު ހެޔޮކަމެއް ކުރިނަމަވެސް ކިތަންމެ ގިނަ ހެޔޮކަމެއް ކުރިނަމަވެސް އެމީހަކަށް އެކަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އަދި ކިއެއްތަ؟ އެމީހަކަށް ﷲ ތަޢާލާގެ ގަދަފަދަ ކޯފާ ޙައްޤުވާނެކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން