ބައަކު އަންހެންކުއްޖަކު ވަގަށް ނަގަން އުޅުނު ވަޤުތު ހަރުފަ ނޫޅޭ ސަރަޙައްދަކުން ފެނުނު ބޮޑު ހަރުފައިގެ ސަބަބުން އޭނާ ސަލާމަތްވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބައަކު އަންހެންކުއްޖަކު ވަގަށް ނަގަން އުޅުނު ވަޤުތު ހަރުފަ ނޫޅޭ ސަރަޙައްދަކުން ފެނުނު ބޮޑު ހަރުފައިގެ ސަބަބުން އޭނާ ސަލާމަތްވި ގޮތުގެ ވާހަކަ-

އެއީ ރޭގަނޑުގެ 10 ޖެހިވަޤުތެވެ. ބާޒާރެއް ބަންދުކުރުމުން އެންމެން ނުކުތް ވަޤުތެވެ. ބައެއް ފިހާރަތަކުގެ ވެރިންވެސް ނުކުތްވަޤުތެވެ. އަންހެން ކުއްޖަކު ބަހަށް އެރުމަށް ހިނގައިގަތްތަނާ ބައަކު އޭނާ ޖަހައިގަތެވެ. އުފުލާލާފައި ކަހަލަ ގޮތަކަށް ގެންގެންގޮސް ވޭނަކަށް އަރުވަން ބިންމަތީގައި ބެހެއްޓިވަޤުތެވެ.  

އަންހެންކުއްޖާއަށް އެކަން ކުރިމަތިވީންސުރެ އޭނާ އައީ ދުޢާކުރަމުންނެވެ. އެމީހުންގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދެއްވެވުން އެދިގެންނެވެ. ޢިއްފަތްތެރިކަން ޙިމާޔަތްކޮށްދެއްވުން އެދިގެންނެވެ. 

ނަތީޖާ އެނގޭހެއްޔެވެ؟ އެމީހުންގެ ވެހިކަލް ދަށުން ބޯދިއްކޮށްލީ ބޮޑު ބިޔަ ހަރުފައެކެވެ. ހަރުފައަކީ އެސަރަޙައްދުގައި އުޅޭވެސް އެއްޗެއް ނޫނެވެ. އެހެންވެ ގަތް ބިރުން 4 މީހުން އެކުއްހާ ދޫކޮށްލާފައި ދުވެ ފިލިއެވެ.  

އެކުއްޖާ ހަރުފައަށްވުރެ ބޮޑަށް ބިރުންހުރީ އެމީހުން ދެކެއެވެ. އެހެންވެ ބަލަންހުރެވުނީ އެމީހުން ދުވެދިއަ ދިމާއަށެވެ. ބަލަންހުރެފައި އެމީހުން ގެއްލުމުން ހަރުފައާއި ދިމާއަށް ބަލައިލިއިރު ފެންނާކަށް ނެތެވެ. އެދިއަ ތަނަކަށް ގޮސް ނިމިއްޖެއެވެ.  

އެވަޤުތު ފުލުހުންގެ ވެހިކަލެއް އަންނަތަން ފެނުމުން ކުއްޖާ އެހީތެރިކަމަށް އެދި އަތް އުފުލިއެވެ. ވެހިކަލް މަޑުކުރުމުން އޭނާއަށް ކުރިމަތިވި ކަންތައްތައް ކިޔައިދިނުމުން ކުއްޖާ ބިރުގެންފައި ހުރިވަރަށް ބަލައި ވެހިކަލުގައި ގެއަށް ގެންގޮސްދިނެވެ.  

މިވީ ކިހިނަކުން ހެއްޔެވެ؟ ވިސްނާ ފިކުރުކުރުމުން ޢިބްރަތަކަށް ނުވޭ ހެއްޔެވެ؟ އިޚްލާޞްތެރި އަޅަކު ﷲ ތަޢާލާގެ ޙަޟްރަތުން އިޚްލާޞްތެރިކަމާއިއެކު ކަމަކު އެދުމުން ވަޤުތުން ހިންމަވައިދެއްވެވީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކޮންމެ ވަޤުތަކު ކަމަކަށް އެދެން ޖެހުނަސް ދުޢާކުރެވޭ ގޮތަށް ތިބެން މިބަނަނީ މިފަދަ ކަންކަން އަބަދުވެސް ފެންނާތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން