ކާފިރުންވެސް އަދި ބައެއް މުސްލިމުންވެސް ޤަދަރުވެރިންނާ ނުވަތަ ތަނަވަސް މީހުންނާ ސަލާމްކުރާއިރު އަދަބުވެރިވުމުގެ ގޮތުން ބޯގުދުކުރާތަން ފެނެއެވެ. މިއީ މުސްލިމުންނަށް ހުއްދަކަމެއްތޯ؟
ޖަވާބަކީ:
އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ. "ބޮޑެތިމީހުން ސަލާމްކުރާއިރު ސަޖިދަކުރުން އެއީ އާދަމުގެފާނުގެ ޝަރީޢަތުންފެށިގެން ޢީސާގެފާނުގެ ޝަރީޢަތާހަމައަށް ހުއްދަކަމެކެވެ. މިކަންވަނީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވައިފައެވެ."
މިއީ ޤަތާދާ ރަޙިމަހުއްﷲ އާއި އެނޫންވެސް ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތެވެ. {ތަފްސީރު އިބްނު ކަޘީރު ޢަރަބި އެޑިޝަން، ދެވަނަ ޖިލްދުގެ 729 ވަނަ ޞަފްޙާ އަދި ތަފްސީރުލް ޤުރްޠުބީ އެއްވަނަ ޖިލްދު، ޞަފްޙާ 334}
އަލްއިމާމުލް ޤުރްޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " އެކަކު އަނެކަކަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޯތިރިކޮށް ގުދުވެލުމަކީ އިސްލާމީ ޝަރީޢަތުގައި މަންސޫޙު ކުރައްވައިފައިވާ ކަމެކެވެ. ނަމަވެސް މިކަމަކީ މިޞްރުގައި އާދަވެގެންކޮށް އުޅޭކަމެކެވެ. އަދި ޢަޖަމީންވެސް ކުރާ ކަމެކެވެ.
{ތަފްސީރުލް ޤުރްޠުބީ، ނުވަވަނަ ޖިލްދު، ޞަފްޙާ 255}
- ޢަލީ އިޙްޞާން ފިރާޤް ގެ ލިޔުމަކުން