ޞައްޙަ ގޮތުގައި ހިނައިގަތުމަކީ ބުރަކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ޞައްޙަ ގޮތުގައި ހިނައިގަތުމަކީ ބުރަކަމެއް ނޫން!

ހިނެއިން ވާޖިބުވާ ޙާލުގައި ޞައްޙަ ގޮތުގައި ހިނައިގަތުމަކީ ބުރަކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށް ފެންވަރައި ހަށިގަނޑު ދޮވެލާށެވެ. އެއަށްފަހު މުޅިހަށިގަނޑަށް ފެންއަޅައި މުޅިހަށިގަނޑުގައި ފެންޖެއްސުނުކަން ކަށަވަރުކުރާށެވެ. އެހިސާބުން އެއޮތީ ހިނައިގަނެވިފައެވެ.  

ހިނައިގަތުމުގެ ކުރިން ވުޟޫކުރުމަކީ ސުންނަތެކެވެ. އަދި ހިނެއުމުގެ ތެރޭގައި އަނގައާއި ނޭފަތަށް ފެންލުމަށް ސަމާލުކަންދޭންވާނެއެވެ. ހިނައިގަތުމަށްފަހު ވުޟޫގެއްލޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ ވުޟޫކޮށްގެން ކުރަންޖެހޭ ކަންކަން ކުރަންވާނީ ވުޟޫކޮށްގެންނެވެ.  

ޝަވަރެއްގެ ދަށުގައި ހުރެގެން ހިނައިގަތަސް އަދި ގައަށް ފެންއަޅައިގެން ހިނައިގަތަސް މުޅި ހަށިގަނޑުގައި ފެންޖައްސަންވާނެއެވެ. ހަށިގަނޑުން އަތްފޯރާ ހިސާބުގައި އަތްއުނގުޅައިލާށެވެ!  

ބައްލަވާ:  

https://islamqa.info/en/answers/68854/does-a-shower-count-as-wudu

 

 

 

 

މިއަދު އޮންލައިން