ސިހުރުވެރިން ބޭނުންކުރާ ލޯގޯއެއް، ނިޝާނެއް، ފާހަގައެއް ބޭނުންކުރުމަކީވެސް ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ސިހުރުވެރިން ބޭނުންކުރާ ލޯގޯއެއް، ނިޝާނެއް، ފާހަގައެއް ބޭނުންކުރުމަކީވެސް ބޮޑު ފާފައެއް!

ދާދިފަހުން ބައްދަލުވި ޒުވާނަކު ލައިގެންހުރި ޓީޝާޓުގައި ބޮޑުކޮށް ކުރާފައިވަނީ ސިޙުރުގެ ނިޝާނެކެވެ. އޭނާ ބުނީ އެކަން އޭނާއަށް ނުއެނގޭކަމަށާއި އެލައިގެން މިސްކިތަށްވެސް ގޮސްއުޅޭ ކަމަށެވެ.  

ނުއެނގިހުރެ ކުރެވުމުން އޭނާ ކުށްވެރިކުރާކަށް ނެތީމެވެ. ފާފަވެރިޥާނެކަމަށް ބުނާކަށް ނެތީމެވެ. އެކަމަކު މިބާވަތުގެ ކަންކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ. ކިތަންމެ ރީތިނަމަވެސް ތިމާއަށް ގޮތް ނުއެނގޭ ތަކެތި ޖަހާފައި ހުންނަ ތަކެތި ނުގަންނާށެވެ! މީހަކު ދިނަސް ޔަޤީންކޮށްފައި ނޫނީ ނުލާށެވެ!  

މިހާރަކަށް އައިސް ކުރާ ކޮންމެ ކަމަކަށް އަދި ކޮންމެ މީހަކަށް ވެސް ޚާއްޞަ "ސިމްބޮލް" ނުވަތަ ނިޝާނެއް ބޭނުން ކުރުން މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ. މިއީ ވަރަށް ފަރުވާތެރިވާންޖެހޭ ކަމެކެވެ. އެހެނީ ވިސްނާ ނުލައި ބައެއް މީހުން ސިހުރުގެ ސިމްބޮލްތައްވެސް އެބަ ބޭނުންކުރެއެވެ. 

އެއީ ވަރަށް ނުބައިކަންބޮޑު ކަމެކެވެ. އެހެނީ އެއިރުން އެ ކުރެވޭ ކަމަކީ ސިހުރު ޕްރަމޯޓްކުރުމެވެ. ސިހުރަކީ ހުރިހާ ގޮތަކުންވެސް މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. ދުރުހެލިވާން ޖެހޭ އެއްޗެކެވެ. ސިޙުރަށް ﷲ ތަޢާލާ ވަނީ ލައްނަތް ލައްވަވައިފައެވެ. ވީމާ ސިމްބޮލްގެ ގޮތުގައި ސިހުރުވެރިން ބޭނުންކުރާ ނިޝާނެއް ބޭނުންކުރުން ވާނީ ބޮޑު ފާފައަކަށެވެ.  

އިސްލާމް ދީނުގެ އެންމެ ބޮޑު އެއް މުޢްޖިޒާތަކީ އަދި އެހެން ދީންތަކާއި ހުރި އެންމެ ބޮޑު ތަފާތަކީ އިސްލާމް ދީނުގައި އެއްވެސް "ސިމްބޮލް" އެއް ނުވާކަމެވެ. އެހެން ކޮންމެ ދީނެއްގައިވެސް އެދީނުގެ ސިމްބޮލް ހުރެއެވެ.  

މުސްލިމުން ބޭނުންކުރާ ހަނދުފަޅިއަކީވެސް ދީނީ ސިމްބޮލްއެއް ނޫނެވެ. އަދި އެއީ ދީނީ ގޮތުން އެއްވެސް ދަރަޖައެއް ލިބިގެންވާ އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި ޘަޤާފީ ގޮތުން ބޭނުންކުރެވޭ އެއްޗެކެވެ. ވީމާ މިސްކިތެއްކަން އަންގައިދޭން ކޮންމެހެން ހަނދުފަޅިއެއް ބަހައްޓާކަށް ނުޖެހެއެވެ. މުންނާރެއް ހުރެ ބަންގިގޮވުމުންނާއި ބޭރުގައި ނަންބޯޑެއް ބެއިންދުމުން ފުދޭނެއެވެ. އެހެނީ ރަސޫލް (ޞޢވ) އަދި ޞަޙާބީންގެ ޒަމާނުގައި މިސްކިތެއްކަން އަންގައިދޭން ހަނދުފަޅި ނުވަތަ އެފަދަ ނިޝާނެއް ބޭނުންފުޅު ކުރައްވަވާފައެއް ނުވެއެވެ.  

އަހަރެމެން ވިސްނައިލަން ޖެހޭނީ ޢިލްމްވެރިންގެ ބަސްފުޅުތަކަށެވެ. ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މީހުންނާއި ސަލާމްކުރަން އަތްހޫރުމެއްވެސް ނެތެވެ. މުސްލިމުންގެ ސަލާމަކީ ތަފާތު ސަލާމެކެވެ.  

ޢިލްމުވެރިން އެގޮތަށް ވިދާޅުވަނީ ސަލާމްކުރަން އަތްހޫރައި ހެދުމަކީ ނަބާރާއިންގެ ޘަޤާފަތަކަށްވާތީ އެހެން ދީންތަކުގެ ޘަޤާފަތަށް އަމަލުކުރުމަކީ އޮތްކަމެއް ނޫން ކަމަށް ބަޔާންކުރެއްވުމުގެ ގޮތުންނެވެ. މުސްލިމުންނަކީ ވަކި ޘަޤާފަތެއް އޮތް ބައކަށްވާތީ އެހެން ދީންތަކުގެ ސިފަތަކުން ދުރުވުމަށް ބާރުއެޅުއްވުމަށެވެ.

 

- ޝައިޚް ހަމްޒާ ޔޫސުފް

 

 

މިއަދު އޮންލައިން