ބައިވެރިއަކަށް ރީތި މީހަކު ހޯދަން ކަންތައްކުރަން އެންމެ ކާމިޔާބު ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބައިވެރިއަކަށް ރީތި މީހަކު ހޯދަން ކަންތައްކުރަން އެންމެ ކާމިޔާބު ގޮތް-

ވަރަށް ގިނައިން ފެންނަ ކަމެކެވެ. އެއީ ރީތި ފިރިހެނުންވެސް އަންހެނުންވެސް އެހާ ސިފަރީތި ނޫން މީހުންނާއި ކައިވެނިކޮށް އުފަލުގައި ދިރިއުޅޭ ތަނެވެ. އެހެންވެ ވަރަށް ގިނަ މީހުން ކަންބޮޑުވެ ބަލަންވެސް ތިބެއެވެ. 

މިކަން މިގޮތަށް މެދުވެރިވާ ސަބަބަކީ ރީތިނަމަ އެމީހެއްގެ ފަހަތުން ވަރަށް ގިނަ ބައަކު އެނބުރޭނެއެވެ. އޭނާގެ ރީތިކަމަށް ތަޢްރީފްވެސް ކުރާނެއެވެ. އެހެންވެ އެމީހުންގެ ރީތިކަމަށް ތައްރީފްކުރުމަކީ އެމީހުން އެހައި ބޮޑަށް ސަމާލުކަންދޭ ކަމެއް ނޫނެވެ. ވީމާ މިޘާލަކަށް ރީތި ފިރިހެނަކަށް ތައްރީފްކުރަމުން ރީތި އަންހެނަކު އޭނާގެ ފަހަތުން ހިނގިނަމަވެސް އެއީ އޭނާ މާބޮޑަށް ސަމާލުކަންދޭނެ ކަމެއް ނޫނެވެ. 

ދެން މިބުނަނީ އެހައިރީތި ނޫން މީހުން ރީތި މީހުން ކާމިޔާބުކުރާ ސަބަބެވެ. އެމީހުން ހަދާނެ ގޮތަކީ ރީތި މީހާއަށް ކަމޭހިތާނީއެވެ. އޭނާއަށް އަޅާލުން ބޮޑުކޮށްގެން އޭނާގެ ސަމާލުކަން ހޯދަން މަސައްކަތްކުރާނީއެވެ. އެކަންކަން ރީތި މީހާއަށް މުހިންމުވެ ބައިވެރިއަކަށް އޭނާ އިޚްތިޔާރުކުރަނީއެވެ. 

އަހުރެން މިވާހަކަ މިބުނަނީ އަހުރެންގެ ޚިޔާލަކަށް ނޫނެވެ. އަހުރެންގެ ގާތަށް ކަންކަމުގައި ލަފާހޯދަން އަންނަ ގިނަ ބައަކާއި ސުވާލުކޮށް ބައިވެރިޔާ އިކްތިޔާރުކުރި ގޮތް އޮޅުންފިލުވުމަށްފަހުގައެވެ. ވީމާ އަހުރެން ބުނެލަން އޮތީ ބައިވެރިއަކަށް ރީތި މީހަކު ހޯދަން ނަމަވެސް އެހައި ރީތި ނޫން މީހަކު ހޯދަން ނަމަވެސް އެމީހަކަށް ތަޢްރީފްކުރަމުން ފަހަތުން ނުހިނގައި އެމީހަކަށް ހެޔޮކޮށް ހިތައި، ދުލުގެ ބަދަލުގައި ޢަމަލުން އެމީހަކު ދެކެ ލޯބިވާކަން ދައްކާށެވެ. ކާމިޔާބުވުން މާފަސޭހަވާނެއެވެ. އިން ޝާ ﷲ

 

- ދެމަފިރިންގެ މައްސަލަތައް ޙައްލުކުރަން އެހީތެރިވެދޭ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރަކު ބުނެފައިވާ ބަސްކޮޅެއް

މިއަދު އޮންލައިން