ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު މޮޔަކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު މޮޔަކަންތައް!

ކޮންމެ މީހަކަށްވެސް މޮޔަ ކަންކަން ކުރެވޭނެއެވެ. އެގޮތުން ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު މޮޔަކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ 

އެކަމަކީ ތިމާ ދޫކޮށްލާފައި ތިމާގެ ޙަޔާތާއި ދުރަށްދާ މީހުންނާއިމެދު ވިސްނުމެވެ. ކޮންމެ މީހަކީވެސް މިނިވަނެކެވެ. މީހުން ތިބާ އާއި ގުޅެނީ ގުޅެން ބޭނުންވުމުންނެވެ. ވަކިވެގެން އެދަނީ ދާން ބޭނުންވުމުންނެވެ. ވީމާ ތިމާގެ ޙަޔާތުން މީހަކު ވަކިވުމަކީ އެމީހަކު ކުށްވެރިކުރަންޖެހޭ ކަމެއް ނޫނެވެ. 

ދެން އޮތީ ތިމާއަށް ދެރައެއް ދީފައި މީހަކު ދިއުމެވެ. އެކަމަށްވެސް ކަންބޮޑުނުވާށެވެ! ކިތަންމެ ވަރަކަށް ކަންބޮޑުވިޔަސް ޙާލަތު ބަދަލެއް ނުވާނެއެވެ. ޢޭނާ އެވަނީ އެދެރަދީފައެވެ. އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެން މިތިބީ މީހަކު ދޭ ކިތަންމެ ކުޑަ އަނިޔާއަކަށްވެސް އަދި ގެއްލުމަކަށް ނަމަވެސް ﷲ ތަޢާލާ ބަދަލު ހޯއްދަވައިދެއްވަވާނެކަން ޔަޤީންކޮށްގެންނެވެ. ވީމާ އެމީހާ އެކުރި ކަންތަކަށް ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! ވިސްނަންވީ ތިމާ ދޫކޮށްލާފައި ވަކިވެގެންދާ މީހުންނާއިމެދަކު ނޫނެވެ. ތިމާއާއިއެކުގައި ތިބި މީހުންނާއިމެދުގައެވެ. ތިމާއަށް ހެޔޮއެދޭ މީހުންނަކީ އެއީއެވެ. އިޚްލާޞްތެރިންނަކީ އެއީއެވެ. 

އަހުރެން މިބުނި ވާހަކަކޮޅުގައި މިހިމެނީ ވަކިވެގެންދާ އެންމެންނެވެ. އެކުވެރިންނާއި ބައިވެރިޔާވެސް ހިމެނޭ ގޮތުންނެވެ. މިވާހަކަ ބުނެލަން މިޖެހުނީ ވަކިވެގެން ދިއަ ބައިވެރިޔާގެ މަތިން ހަނދާންކުރަން ހަދައިގެން ލިބިފައި ހުރި ދެވަނަ ބައިވެރިޔާއާއިއެކު ދިރިއުޅެން އުނދަގޫވާ މީހުންވެސް އުޅޭތީއެވެ. އަހުރެން ބުނާނީ އެފަދަ މީހުންގެ ވިސްނުމުގައި ވަރަށް ބޮޑު އުނިކަމެއް އެބަހުރި ކަމަށެވެ. މާޒީ މާޒީއަށް ދޫކޮށްލައި މުސްތަޤްބަލް ބިނާކުރުމުގެ ހިތްވަރު ލިބިނުގަންނަ މީހަކަށް ގާތީ ދުވަހަކުވެސް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން