ޢާއިޝަތު ރަފާޙް ޢަލީ
ޣާފިލްކަމަކީ ކަންކަން ހަނދާން ނައްތާލުން ނުވަތަ ކަމެއް ދޫކޮށްލުމެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 74 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَعْلَمُونَ ظَٰهِرًا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَٰفِلُونَ ﴿٧﴾
ދުނިޔޭގެ ދިރިއުޅުމުން އެއުރެންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެއުރެންވަނީ، آخرة ދުވަހާމެދު غافل ވެގެންވާ ބަޔަކު ކަމުގައެވެ. (7)"
މި އާޔަތުގައި ޣާފިލްކަން ތަފްސީރް ފޮތްތަކުގައި މާނަކުރައްވަނީ ކަންކަމާ ނުވިސްނުމާއި، ޖާހިލުކަމާއި ނޭނގުމަށެވެ.
ޣާފިލުކަމުން ދުރުހެލިވުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި ﷲ ތަޢާލާ އާއި ބެހޭ ޢިލްމު ހޯދުމާއި، އެކަލާނގެއަށް ޛިކުރު ކުރުން ހިމެނެއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿فَاذْكُرُونِي أَذْكُرْكُمْ﴾
މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ."
ގިނައިން ޛިކުރުކުރުމަކީ އަޅާ އޭނާގެ ވެރިރައްބުގެ ޙަޟްރަތުގައި މަތިވެރިވެގެންދާ ކަމެކެވެ. އަދި އީމާންކަން އިތުރުވެގެން ދާނެއެވެ. ކަންކަމުގައި ބަރަކާތް ލައްވާ ކަމަކަށްވެސް މިކަން ވެގެންދެއެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅެއްގައިވެއެވެ.
((أَحَبُّ الْكَلَامِ إِلَى اللهِ أَرْبَعٌ: سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ))
މާނައީ: "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވަނީ ހަތަރު ކަލިމައެކެވެ. އެއީ سُبْحَانَ اللهِ، الْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللهُ އަދި وَاللهُ أَكْبَرُ އެވެ."
ޛިކުރުކުރުމުން ޝައިޠާނާގެ ކިބައިން ދުރުހެލިކުރުވައެވެ. ފާފަތައް ފޮހެވި ކަންބޮޑުވުންތަކާއި ހިތާމަތައް ފިލައިގެންދެއެވެ. އެހެންކަމުން އަބަދުވެސް ޛިކުރު މަތީގައި ތިބެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކޮޅަށްހުރެގެންނާއި، އިށީނދެ އިނދެގެންނާއި، އޮށޯވެއޮވެގެން ވެސް ޛިކުރުކުރެވިދާނެއެވެ.