ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތަކުގެ ތެރެއިން ކިތަންމެ ކުޑަ ވަޤުތުކޮޅެއް ލިބުނަސް ކޮށްލެވޭނެ ދުނިޔެއިން އެމީހަކު ބޭނުންވާ ހުރިހާ ކަމަކާ އާޚިރަތް ޙާޞިލުކުރެވެން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތަކުގެ ތެރެއިން ކިތަންމެ ކުޑަ ވަޤުތުކޮޅެއް ލިބުނަސް ކޮށްލެވޭނެ ދުނިޔެއިން އެމީހަކު ބޭނުންވާ ހުރިހާ ކަމަކާ އާޚިރަތް ޙާޞިލުކުރެވެން އޮތް ދުޢާއެއް!

މިޘާލަކަށް ބުނާނަމަ އިމާމް ބަންގިދިނީއެވެ، ތިބާ ސުންނަތް ކުރަނީއެވެ. ސަލާމްދެވުނުތަނާ ޤަމަތްދޭން އިމާމް ތެދުވަނީއެވެ. ދުޢާ ޢިޖާބަކުރައްވަވާ އެއްވަޤުތުކޮޅު ގެއްލިގެންދަނީއެވެ. (ބަންގިއާ ޤަމަތާ ދެމެދު) އެފަދަ ކުޑަ ވަޤުތުކޮޅެއް ލިބުނަސް މިއީ ކުރެވިދާނެ އެންމެ ފައިދާހުރި އެއް ދުޢާއެވެ. މިދުޢާއިން ޙާޞިލުނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެކަން ފަހުން ބުނެދޭނަމެވެ.

މިދުޢާއަކީ އެންމެ ގިނައިން އަޑުއިވޭ އެއްދުޢާއެވެ. އަދި އެންމެ ގިނަ ބައަކު އެންމެ ފަރިތަވެސް އެއްދުޢާއެވެ. އެހެންވެ މިދުޢާއަށް ދޭންޖެހޭ ސަމާލުކަން ގިނަބައަކު ނުދެއެވެ. އަބަދު އަޑުއިވޭތީ ފަރުވާކުޑަކޮށްލެވެނީއެވެ.

ނަމަވެސް ދުޢާގެ ޙަޤީޤީ މާނައަށް ބެލިނަމަވެސް އެނގިގެންދާނީ މިދިޢާގައި ނުހިމެނޭ އެއްވެސް ކަމެއް ނެތްކަމެވެ.

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

މިދުޢާ ކުރާއިރު وَقِنَا عَذَابَ النَّارِ ތަކުރާރުކޮށްގެންވެސް ކުރެއެވެ.

ދުޢާގެ މާނައީ " (އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ)"

(އަލް ބަޤަރާ: 201)

ބުނަން މަސައްކަތްމިކުރަނީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް ހެޔޮކަން ﷲ ތަޢާލާ ދެއްވަވައިފިނަމަ އެމީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އުނިވާނެ އެއްވެސް ކަމެއް ނުއޮންނާނެ ވާހަކައެވެ. އެއިގެ ފަހަތުން މިއަންނަނީ ކޮންމެ މީހަކަށްވެސް ހުރިހާ ކަންކަމަށްވުރެ މުހިންމުކަން ބޮޑު ކަންތަކެވެ. އެއީ ނަރަކައިގެ ޢަޛާބުން ސަލާމަތްކުރެއްވެވުމެވެ.

ވީމާ ޖުމުލަ ގޮތެއްގައި މީހަކަށް ބޭނުންވާނެ ހުރިހާ ކަންކަން މިދުޢާގައި ވަނީ ހިމެނިގެންނެވެ.  މިހެން ބުނީމާ ސުވާލަކުކޮށްފާނެއެވެ. އަހަރެން މިއުޅެނީ ދަރިއަކަށް ބޭނުންވެގެންނެވެ. ދަރިއަކު ދެއްވެވުން އެދޭ ވާހަކައެއް މިދުޢާއަކު ނެތެވެ. އަހަރެންގެ ޖަވާބަކީ އެވާހަކަވެސް އެބައޮތެވެ. "ދުނިޔޭގައި ހެޔޮކަން" ދެއްވެވުމަށް އެދުމުން ދުނިޔެއިން އެމީހާ ބޭނުންވާ ހުރިހާ ކަންކަން ހިމެނިގެންދިއައީއެވެ. އެއްވެސް ކަމެއް އިސްތިސްނާވުމެއް ނެތިއެވެ. ވީމާ ދަރިއެއްގެ ކުރިއަށް ބޭނުންވާ ހެޔޮލަފާ އަންތބަކު ލިބުންވެސް އެދިއައީ ހިމެނިގެންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން