ކައިވެނިކުރަން ޤާނޫނު ހުއްދަކުރާ ޢުމުރަށް އެޅުމުން ދަރިން ކައިވެނިކުރަން ދެކޮޅުހަދާ ބެލެނިވެރިންނަށް ސުވާލެއްކޮށްލާނަމެވެ. އެސުވާލަކީ މިހާރުވެސް ތިބާގެ ދަރިފުޅަކީ ޢިއްފަތްތެރި ކުއްޖެއްކަން ތިބާއަށް ޔަޤީންކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟ މިސުވާލަށް ޘާބިތުކަމާއިއެކު ޖަވާބުދެވޭނީ މަދު ބެލެނިވެރިއަކަށެވެ.
އިސްލާމް ދީނުގައި މައިންބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު އެއްވާޖިބަކީ ޢިއްފަތްތެރިއެއްގެ ގޮތުގައި ދަރިފުޅު ފިރިމީހާއާއި ޙަވާލުކުރުމެވެ. ކޮންމެ ބެލެނިވެރިއަކުވެސް މިއަދު ނިކަން ބުނެބަލާށެވެ! ތިބާގެ ދަރިފުޅަށް 18 އަހަރު ފުރިގެން އަންނައިރު ދަރިފުޅުގެ ކަންކަން ބެލެހެއްޓިފައިވަނީ އިސްލާމް ދީނުގައި އޮތް ގޮތަށް ހެއްޔެވެ؟ ދަރިފުޅުގެ ކަންކަން އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟
ޤަބޫލުކުރަން ބޭނުންވިނަމަވެސް ނުވިނަމަވެސް މުޖުތަމައިގައި ހަރުލާފައިވާ ފާހިޝް ޢަމަލުތައް ކުރުމުގެ ނުބައި އާދަތައް ހުއްޓުވޭނީ އިސްލާމް ދީނުގައި ހުރިކަންކަމަށް ލޯބިކޮށްގެންކަން އަދި ޢަމަލުކޮށްގެންކަން އެއީ އެއްވެސް ޝައްކެއްނެތި ޤަބޫލުކުރަންޖެހޭނެ ކަމެކެވެ.
އަހުރެންގެ އަނބިމީހާ ފުރަތަމަ ދަރިފުޅު ވިހެއީ ޢުމުރުން 17 އަހަރުގައެވެ. ފުލުފުލުގައި 7 ދަރިން ވިހެއެވެ. މިއަދު ޢުމުރަކީ 60 އަހަރެވެ. އެޢުމުރުގައި ދަރިން ވިހެއީތީ ލިބިނު ގެއްލުމެއް ނުފެނެއެވެ. ކުރި ފައިދާއަކީ ދެމަފިރިން އުރާލައިގެން ގެންގުޅޭނެ ދަރިންތަކެއް ތިބިކަމެވެ. ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ 24 މާމަކާފަ ދަރިން ތިބިކަމެވެ.
އެޒަމާނުގައި ދިރިއުޅުނީ ވަރަށް ދަތިޙާލުގައެވެ. ޞިއްޙަތަށް ފައިދާހުރި ކާނާއެއް ނުލިބެއެވެ. ރަނގަޅު ފެންވަރުގެ ބޭސްފަރުވާއެއް ނުކުރެވެއެވެ. އަހުރެންގެ އަނބިމީހާގެ ދައްތަ ވިހެއީ އަދި މާހަގު ޢުމުރުގައެވެ. 5 ދަރިން އެބަ ތިއްބެވެ. ޢުމުރުން މިހާރު 78 އަހަރެވެ. އެއްވެސް ކަމެއް ދިމާވެގެން އަންހެނުންނާއިބެހޭ ޑޮކްޓަރަކަށް އަދިވެސް ދައްކާކަށް ނުޖެހެއެވެ.
މިހާރު މިވަނީ ޤާނޫނުތަކެއް ހަދައިފައެވެ. ގިނަ ޤައުމުތަކުގައި ކައިވެނިކުރެވެނީ 18 އަހަރުވުމުންނެވެ. ވީމާ އެޢުމުރުގެ ކުދިން ކައިވެނިކުރުމުން ޞިއްޙަތަށް ގެއްލުން ލިބޭނެ ކަމަށް ޤަބޫލުކުރެވެން އޮތީ ކިހިނަކުން ހެއްޔެވެ؟
މިހުރިހާ ކަންކަން ބަހައްޓާށެވެ! އެންމެ މުހިންމު ކަމަކީ ދަރިން ނަރަކައިން ސަލާމަތްކުރުމެވެ. އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މި މައްސަލައިގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ:
"ބައެއް މީހުންގެ ވިސްނުން ހުންނަނީ އެކޮޅުކޮޅުންނެވެ! 18 އަހަރުގެ ކުއްޖަކު ކައިވެނިކުރާ ވާހަކަ ދައްކައިފިނަމަ ބުނަނީ އެއީ ކުޑަކުއްޖެއް ކަމަށެވެ. 18 އަހަރުވާއިރު އެތައް ފަހަރު ޒިނޭކޮށްފައިވުމަކީ އެއްވެސް ބޮޑުކަމަކަށް ނުހަދައެވެ!
ދެއަންތބަށް ކައިވެނި ކުރުމުގެ ފުރުޞަތު އޮތުމުން އިސްލާމް ދީނަކީ ކޮންކަހަލަ ދީނެއް ކަމާއިމެދު ސުވާލު އުފައްދައެވެ. ކައިވެނި ނުކޮށް ހުރެ ކިތަންމެ ގިނައިން ޒިނޭ ކުރިނަމަވެސް އެއީ މައްސަލއެއް ކަމަކަށް ނުދެއެވެ!
އިސްލާމީ ޘަޤާފަތް ހަދަނީ ހަޑި ޘަޤާފަތަކަށެވެ. ރީތިކަމަށް ހަދަނީ ހުޅަނގުގެ ޘަޤާފަތެވެ!"
- ޝައިޚް ޢަލީ ޒައިދު