އެއްނަމާދަކުން އެންމެ ގިނަ ފައިދާތައް ޙާޞިލުކުރެވެން އޮތް ނަމާދު- ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވޭ ނަމާދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 2ސ
އެއްނަމާދަކުން އެންމެ ގިނަ ފައިދާތައް ޙާޞިލުކުރެވެން އޮތް ނަމާދު- ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވޭ ނަމާދު!

މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތައް ކުރުމަށެވެ. އެއީ އެކަމެއް ކުރުމުން ދެއްވަވާނެ ގިނަގުނަ ޘަވާބަށް ދަހިވެތިވެވޭވަރު ބޮޑުކަމުންނެވެ. 

އެންމެ ފައިދާހުރި، އެންމެ ފަސޭހައި ކުރެވޭ އަޅުކަން ކުރަން ގިނަ ބައަކު އުޅެއެވެ. އެ އަޅުކަމެއް ނުފެނިގެންނެވެ. ވީމާ މިދައްކައިދެނީ ތިބާއަށް އެންމެ ފަސޭހައިން، އެންމެ ކުޑަ ވަގުކޮޅުގައި ކުރެވޭނެ އަޅުކަމެވެ. އެ އަޅުކަމާއި ގުޅިފައިވާ ޚަޒާނާތަކަކީ ކިތަންމެ ވަރަކަށް ނެގި ނަމަވެސް ހުސްވަނެ ޚަޒާނާތަކެއް ނޫނެވެ. 

ރަނގަޅަށް ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ! 

މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. 

(أَفْضَلُ الصَّلَوَاتِ عِنْدَ اللَّهِ عَزَّ وَجَلَّ صَلاةُ الصُّبْحِ يَوْمَ الْجُمُعَةِ فِي جَمَاعَةٍ)) [رواه البيهقي في شعب الإيمان وصححه الألباني] 

މާނައީ: "ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ." 

ވީމާ މިޙަދީޘްފުޅުން އނގިގެން މިދިއައީ ފަތިސް ނަމާދުގެ މަތިވެރިކަމެވެ. ޖަމާޢަތުގައި ކުރެވޭ ނަދުތަކުގެ ތެރެއިން އެންމެ މާތް ނަމާދަކީ ހުކުރުވިލޭރޭ ޖަމާޢަތުގައިކުރާ ފަތިސް ނަމާދުކަމެވެ. 

އަދި ކީއްހެއްޔެވެ؟ ފަތސް ނަމާދުން ޙާޞިލުކުރެވެން އޮތް އެހެން ވަރަށް ބޮޑު ފައިދާއެއްވެސް އެބައޮތެވެ. އެއީ ދުނިޔެއާއި ދުނިޔޭގައި ވާހައިއެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި އަގު ބޮޑު ޚަޒާނާއެވެ. 

(رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا)) [رواه مسلم] 

މާނައީ: "ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ." 

ޢިޝާ ނަމާދާއި ފަތިސް ނަމާދުން ލިބިގެންދާ އެހެންވެސް ވަރަށް ބޮޑު މަތިވެރިކަމެއްވެއެވެ. ޘަވާބުފުނިތަކެއް ވެއެވެ. 

ރަސޫލް صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. 

(مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ))  [رواه مسلم] 

މާނައީ: "ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމިހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދައެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ މުޅި ރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ" 

އެވަރަކުންސް ނުފުދެއެވެ. އަތުން އެއްވެސް ޚަރަދެއް ނުކޮށް އަމިއްލަ ވަޒަނުގައި ހުރެގެން ޙަޖަކާއި ޢުމުރާއެއްވެސް މިދަނީ ލިބިގެންނެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ .

((مَنْ صَلَّى الغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ)) [رواه الترمذي و حسنه الألباني]

މާނައީ: "ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ." 

މިފަދަ މަތިވެރި ނިޢްމަތްތައް ލިބެން ހުރި ކަމުގެ ޚަބަރާއިއެކު ދެން މިވަނީ ވަރަށް ބިރުވެރި ޚަބަރެކެވެ. ފަތިސް ނަމާދު ނުކުރުމަކީ ނަރަކައަށް އެއްލައިލެވޭ ސަބަބެއް ކަމެވެ. 

ރަސޫލް صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. 

مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللهِ، فَلَا يَطْلُبَنَّكُمُ اللهُ مِنْ ذِمَّتِهِ بِشَيْءٍ فَيُدْرِكَهُ فَيَكُبَّهُ فِي نَارِ جَهَنَّمَ "رواه مسلم"  

މާނައީ: "ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ." 

ދެން މިއޮތީ އެކަން ކުރަނިކޮށް ފެނިއްޖެނަމަ ، އަދި އެއްޗެއްގައި އަތްލެވުނު ނަމަވެސް ފަކުރުންވެސް ހަލާކުވެގެންދާނެ ކަމެއްގެ ވާހަކައެވެ! 

އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ، ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. 

(ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنَيْهِ) [متفق عليه]  

މާނައީ: "އެމީހާގެ ދެކަންފަތަށް ޝައިޠާނާ ކުޑަކަމުގޮއްސިއެވެ".  

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! މިބަޔާންކުރި ކަންކަމުން އެނގިގެން އެދަނީ ކޮންމެ ޙާލެއްގައިވެސް ފަތިސް ނަމާދުކުރަންޖެހޭނެ ކަމާއި ކުރުމުން ލިބެން ހުރި މަންފާތަކެވެ. އަދި ފަތިސް ނަމާދަށް އިހްމާލުވުމުގެ ހުރި ބިރުވެރިކަންވެސްމެއެވެ! 

މިއަދު އޮންލައިން