ސަޖިދަކުރީމާ އިބިލީސް ދެރަވެ ރޯނެ! ގިނައިން ރޮއްވަން ގިނައިން ސަޖިދަކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ސަޖިދަކުރީމާ އިބިލީސް ދެރަވެ ރޯނެ! ގިނައިން ރޮއްވަން ގިނައިން ސަޖިދަކުރޭ!

މީސްތަކުން ސަޖިދަކުރީމާ އިބިލީސް ދެރަވެ ރޯކަން އެއީ ހަމަ ޙަދީޘުން ޘާބިތުވާން އޮތް ކަމެއްކަމަށެވެ.  

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ "

{ سنن ابن ماجه/ ޙަދީޘް ނަންބަރު 1052} 

މާނައީ: "އާދަމުގެ ދަރިޔާ ސަޖިދައިގެ އާޔަތްކިޔައި، ސަޖިދަކުރުމުން ޝައިޠާނާ އެއްފަރާތަށް ޖެހި ރޯންފަށައެވެ. އަދި ބުނެއެވެ. ކުރިހަލާކެއްގެ ބޮޑު ކަމާއެވެ. އާދަމުގެ ދަރިޔާއަށް ސަޖިދަ ކުރުމަށް އަމުރުކުރެވުމުން އޭނާ ސަޖިދަ ކުރިއެވެ. ސަޖިދަކުރުމުން އޭނާއަށް ހުރީ ސުވަރުގެއެވެ. ތިމަންނައަށް ސަޖިދަ ކުރުމަށް އަމުރުކުރުމުން ތިމަންނާ އެކަމަށް އިންކާރު ކުރީމެވެ. އޭގެ ސަބަބުން ތިމަންނައަށް ހުރީ ނަރަކައެވެ." 

- ޢަލީ އިޙްޞާން ފިރާޤްގެ ލިޔުމަކުން  

ގޮނޑީގައި ތިބެގެން ނަމާދުކުރާމީހުން (ތަޅުންގަނޑަށް ސަޖިދަ ނުކުރެވޭ މީހުން) ގޮނޑީގައި އިނދެ ނަމާދުގައި ސަޖިދައަށް ބޯތިރިކޮށްލާ ވަރަށް ބޯތިރިކޮށްލުމުން ފުދޭނެކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

މިއަދު އޮންލައިން