ސުވާލު:
ދަތުރުވެރިންނަށް ހަތަރު ރަކުޢަތުގެ ނަމާދުތައް ދެރަކްޢަތަށް ކުރު ކުރެވޭނެ ކަމާއި މެންދުރު ނަމާދާއި ޢަޞްރު ނަމާދު އެއްކޮށް ކުރެވޭނެ ކަމީ އެނގޭ ކަންތައްތަކެވެ. ނަމަވެސް ދަތުރުވެރިންނަށް ނަމާދަށް ފަހު ކުރެވޭ ޛިކުރުތައް ވެސް ކުރު ކުރެވިދާނެތޯއެވެ؟ ނޫނީ ކުރާ ކޮންމެ ނަމާދަކަށް ފަހު ވެސް އެނަމާދެއްގެ ޛިކުރުތައް ވަކިން ކިޔަން ޖެހޭނެތޯއެވެ؟
ޖަވާބު:
ދެނަމާދު އެއްކޮށް ކުރުމަށް ފަހު އެއްފަހަރު ޛިކުރުތައް ކިޔުމުން ފުދޭނެއެވެ. އެހެނީ އެދެނަމާދު އެއްވެ އެއްނަމާދު ފަދައިން ވީތީއެވެ. އެހެންކަމުން ޛިކުރުތައް އެއްފަހަރާ ކިޔުމުން ފުދޭނެއެވެ. ޢާއްމުގޮތެއްގައި ނަމާދުގެ ފަހުގައި ކިޔާ ޛިކްރުތައް ކިޔުމުން ފުދޭނެއެވެ.
މިޘާލަކަށް މަޣްރިބު ނަމާދާއި ޢިޝާ ނަމާދު އެއްކޮށް ކުރާ އިރުގައި، ސުންނަތުން ވާރިދުވާ ގޮތުގައި މަޣްރިބު ނަމާދަށް ފަހު لَا إِلَهَ إِلَّا اللّهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ މިފަދައިން ދިހަ ފަހަރު ކިޔުމީ ސުންނަތް ގޮތެވެ.
އެހެނަސް އިޝާ ނަމާދަށް ފަހު މިޛިކްރު ތިން ފަހަރު ކިޔުމީ ސުންނަތް ގޮތެވެ. ވީމަ ގިނަ ޢަދަދު އިޚްތިޔާރު ކުރުމީ ރަނގަޅު ގޮތެވެ. އެހެނީ އެގިނަ ޢަދަދުގެ ތެރޭގައި މަދު ޢަދަދު ވެސް ހިމެނޭތީ އެވެ.
އެކަމުވެސް ދެނަމާދު އެއްކޮށް ކުރާއިރު ކޮންމެ ނަމާދަކަށް ވަކިން ޛިކުރުތައް ކީކަމުގައި ވިޔަސް އޭގައި މައްސަލައެއްނެތެވެ. ކުރިން ބުނެވުނު ފަދައިން އެއްފަހަރު ޛިކުރުތައް ކިޔުމުން ވެސް ފުދޭނެއެވެ.
މިއީ ސުވާލަށް އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ދެއްވާފައިވާ ޖަވާބެވެ!
--ޝައިޚް މުޙައްމަދު ޝާފިޢް