އިރުއޮއްސުމުން ކުޑަކުދިން އެކަނި ގޯތިތެރެއަށްވިޔަސް، ގޯޅިތެރެއަށްވިސް ދޫނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިރުއޮއްސުމުން ކުޑަކުދިން އެކަނި ގޯތިތެރެއަށްވިޔަސް، ގޯޅިތެރެއަށްވިސް  ދޫނުކުރާށެވެ!

އިރުއޮއްސުމުން ކުދިން އެކަނި ގޯތިތެރެއަށް ނުވަތަ ގޯޅިތެރެއަށް ނަމަވެސް ދޫނުކުރާށެވެ! އެއީ އެކުދިންނަށް ޖިންނި ޝައިޠޯނުންގެ ކިބައިން ލިބިދާނެ ގެއްލުމަކަށްޓަކައެވެ.

ތަންކޮޅެއް ކުރީގެ ޒަމާނަށް ބަލައިފިނަމަ އެކަނި އުޅެވޭވަރުވުމުން ކުދިން ތިބެނީ މަގުމައްޗަށް ދޫކޮށްލައިފައެވެ. އެޒަމާނުގައިވެސް އިރުއޮއްސެން ގާތްވުމުން މައިންބަފައިން ނުކުމެ ކުދިން ހޯދައިގެން ގެއަށް ވައްދުވައެވެ. ގެއިން ބޭރަށް ނެރެން ޖެހުނު ނަމަވެސް ނެރޭނީ ބޮޑުމީހަކާއިއެކުގައެވެ. އެޒަމާނުގައި އެކަންކޮށް އުޅުނީ އެކަން އެގޮތަށްކުރަން ޙަދީޘްފުޅުގައި އޮތްކަން އެނގިގެން ނޫންނަމަވެސް މިއަދު އެކަން އެންމެންނަށްވެސް އެނގޭނެއެވެ.

އިރު އޮއްސޭ ދަޅަމައްޗަށް ކުޑަކުދިން ގޭތެރެއަށް ވައްދައި ދޮރުތައް ލައްޕާ ހެދުމަށް ސުންނަތުގައި ވަނީ އިރުޝާދު ދެއްވަވައިފައެވެ. އެހެނީ އިރު އޮއްސި އަނދިރިކަން ފެތުރިގަންނަ ވަގުތަކީ ބިންމަތީގައި ޝައިޠާނުން ފެތުރި ގަންނަ ވަގުތެވެ.

 

ކުދިން ގެއަށް ވެއްދުމަކުން އަދި ނުފުދެއެވެ. އިރުއޮއްސުމުން ކިޔަންހުރި ޛިކުރުތައް ކުދިން ލައްވައި ކިޔުއްވަންވާނެއެވެ. ތިމާއަށްޓަކައާއި އަދި އަމިއްލައަށް ނުކިޔެވޭވަރުގެ ކުދި ދަރިންނަށްޓަކައި ޛިކުރުތައް މައިންބަފައިން ކިޔާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން