މަރުވެ ކައްވަޅުގައި އޮތަސް އެމީހަކަށް ޘަވާބު އިތުރުވަމުންދާނެ 7 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
މަރުވެ ކައްވަޅުގައި އޮތަސް އެމީހަކަށް ޘަވާބު އިތުރުވަމުންދާނެ 7 ކަމެއް!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސް ހުއްޓިހުންނައިރު ވީހާގިނަ ހެޔޮ ޢަމަލުތައް ހިފައިގެންގޮސް ހުރުމެވެ. އެކަމަށް މަސައްކަތްކުރާ މީހާއަށް އެންމެ ފައިދާހުރި ގޮތަކީ ތިމާ މަރުވިނަމަވެސް ޘަވާބުއިތުރުވަމުންދާނެ ކަންކަން ކުރުމެވެ. 

މަރުވުމަށްފަހު އަޅާ ކައްވަޅުގައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު ދެމިގެންދާ 7 ކަންތައް!:  

عَنْ أَنَسٍ رَضِيَ الله عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (سَبْعٌ يَجْرِيْ لِلْعَبْدِ أَجْرُهُنَّ وَهُوَ فِي قَبْرِهِ بَعْدَ مَوْتِهِ : مَنْ عَلَّمَ عِلْمًا ، أَوْ أَجْرَى نَهْرًا ، أَوْ حَفَرَ بِئْرًا ، أَوْ غَرَسَ نَخْلًا ، أَوْ بَنَى مَسْجِدًا ، أَوْ وَرَّثَ مُصْحَفًا ، أَوْ تَرَكَ وَلَدًا يَسْتَغْفِرُ لَهُ بَعْدَ مَوْتِهِ) . والحديث : حسَّنه الألباني فيصحيح الترغيب ” ( 959 ) . 

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

މަރުވުމަށްފަހުގައި ކަށްވަޅުގައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު އަޅާއަށް ދެމިގެންވާ ހަތް ކަމެއްވެއެވެ.

ޢިލްމެއް އުނގަންނައިދީފައިވާ މީހާއާއި،

ކޯރެއް ދެމޭގޮތް ހަދައިދިން މީހާއާއި،

ފެންވަޅެއް ކޮނުނު މީހާއާއި،

ރުކެއް އިންދިމީހާއާއި،

މިސްކިތެއް ބިނާކުރި މީހާއާއި،

މުޞްޙަފެއް ވާރުތަކުރި މީހާއާއި،

މަރުވުމަށްފަހުގައި އޭނާއަށްޓަކައި ދުޢާކުރާނެ ދަރި އެއް ދޫކޮށްފައި ދިޔަ މީހާއެވެ. 

މިއީ ޞަދަޤާ ޖާރިޔާ (ދެމިގެންވާ ޞަދަޤާތު) ގެ ބައެއް މިސާލުތަކެވެ.

އެންމެ މަދުވެގެން މީގެން ކޮންމެވެސް އެއްކަމެއް ކޮށްލުން ކިހިނެއް ވާނެތޯއެވެ؟ 

- ޝައިޚް މުޙައްމަދު ޝާފިޢު

 

 

މިއަދު އޮންލައިން