ތިބާގެ މުޅި ޙަޔާތަށް ބެލިނަމަވެސް މަންމަ ނޫން މީހަކަށް 1،2،3، ވެސް ނުދެވޭނެ އެތައް ކަމެއް ފެންނާނެއެވެ. މަންމަ ތިބާއަށްޓަކައި އުފުލި ވޭނާއި ބުރަތަކާއި ތަކްލީފްތަކާއި ވީޤުރްބާނީ ގާތަކަށްވެސް އެކަންކަން ކުރާނެ، ކުރެވޭނެ މީހަކު ނުހުންނާތީއެވެ.
ވަކިން ޚާއްޞަކޮށް އެމީހެއްގެ އަމިއްލަ އުފާތައް ތިބާއަށްޓަކައި މަންމައަށްވުރެ ބޮޑަށް ޤުރްބާންކުރި ހަމައެކަކުވެސް ނުހުންނާނެތީއެވެ.
ތިބާ ބޮޑުވަމުން އައިއިރު ތިބާގެ އަމިއްލަ ނަފްސް ފޫހިވެ ފަހަތަށް ޖެހުނު ކަންކަމުގައިވެސް މަންމަ ތިބާގެ ކަންކަމުގައި ފަހަތަށް ނުޖެހި ދިން ހިތްވަރު އަބަދުވެސް ހަނދާންކުރަންވާނެއެވެ. މަންމްގެ ހިތުގައި ތިބާއަށްޓަކައި އުފެދޭ ލޯބި ދުރައްޖައްސައި އެހެން އެއްވެސް ކަމެއް އެހިތަކަށް ނުވައްދާނެއެވެ.
އެހެން މީހަކުވެސް ނުވަތަ އެހެން ބައަކުވެސް ތިބާދެކެ ލޯބިވެދާނެއެވެ. ނަމަވެސް މަންމަ ތިބާދެކެ ލޯބިވާވަރާއި ގާތަކަށްވެސް ލޯތްބެއް ނުވާނެއެވެ. މަންމަ އަޅައިލިވަރާއި ވީ ޤުރްބާނީ އާއި ގާތަކަށްވެސް ނުވާނެއެވެ.
މިއީ ޙަޤީޤަތް ނަމަވެސް މަންމަ އަށް ޝުކުރުވެރިނުވެވޭތަނުގައި މަންމަގެ މަތިން ހަނދާން ނައްތައިލަނީ ކިތައް މީހުން ހެއްޔެވެ؟ މުސްކުޅިވާ ދުވަހު ޙާލުވެސް ބަލާނުލައި އުޅެނީ ކިތައް ދަރިން ހެއްޔެވެ؟ ދީނީ ގޮތުން އަދާކުރަންޖެހޭ ވާޖިބުގެ އިތުރުން އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް އެމީހެއްގެ ހިތުގައި އޮތް މީހަކު މައިމީހާ އާއި އަޅައިނުލައެއް ނުހުންނާނެއެވެ.
- ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް-