އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮނަންނީ ކުށު ސަޖިދަ ޖެހުމަކީ ފަރުޟު ނަމާދުތަކުގައި އެކަނި ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތަށް އެކަން ޤަބޫލުކޮށް ސުންނަތް ނަމާދުތަކުގައި ކުށުސަޖިދަ ޖަހަން އިހްމާލްވެވެއެވެ.
ސުވާލު
ކުށުސަޖިދަ ޖަހަންޖެހޭނީ ހަމައެކަނި ފަރުޟުނަމާދުތަކުގައި އެކަނިތޯ؟ މިސުވާލުގެ ޖަވާބުގައި ޝައިޚް މުޙައްމަދު ސިނާން ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"ސުންނަތް ނަމާދެއްގައިވެސް ކުށުސަޖިދަ ޖަހަންޖެހޭފަދަ ސަބަބެއް މެދުވެރިވެއްޖެނަމަ ކުށުސަޖިދަ ޖެހުމަކީ ޝަރުޢުވެގެންދާ ކަމެކެވެ. والله أعلم"
- ޝައިޚް މުޙައްމަދު ސިނާން
ތަފާތު ފަތުވާ ދެއްވާ ޢިލްމުވެރިންވެސް ވިދާޅުވެފައިވަނީ ސުންނަތް ނަމާދުތަކުގައިވެސް ކުށުސަޖިދަ ޖެހުމަކީ މައްސަލައެއް ނޫންކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ސުންނަތް ނަމާދެއްގައިވިޔަސް ކުށުސަޖިދަޖަހަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޖެހުންކަން ފާހަގަކުރެވެއެވެ. އެހެނީ ސުންނަތް ނަމާދަކީވެސް ހަަމ ނަމާދެކެވެ. މުހިންމީ ވީހާ ފުރިހަމަކުރުމެވެ.