ޑޮކްޓަރުން ދައްކަނީ ސުންނަތް ރޯދަހިފުމުގެ ވާހަކައެއް ނޫނެވެ. އިންޓެރިމް ފާސްޓިންގ ގެ ވާހަކައެވެ. އެކަމަށް އެންމެ ފައިދާހުރި ގޮތްތައް ކަމަށް ބުނަނީ:
- ހަފްތާއަކު 2 ދުވަހު އިންޓެރިމް ރޯދަހިފުން
- ދެދުވަހުން އެއްދުވަހު އިންޓެރިމް ރޯދަހިފުން
- ދުވާލަކު 12 ގަޑިއިރު އިންޓެރިމް ރޯދަހިފުން
- ދުވާލަކު 16 ގަޑިއިރު އިންޓެރިމް ރޯދަހިފުން
އިންޓެރިމް ރޯދަހިފުން ކަމަށް ބުނަނީ ނުކައި ފެންބޮއެގެން ހުރުމަށެވެ. އިންޓެރިމް ރޯދަހިފުމުން ގޮހުރުގެ ދުޅަހެޔޮކަން އިތުރުވުމާއި ސެލްތައް މަރާމާތުވުމާއި އަދި ޢުމުރު ދިގުވާ ސަބަބެއް ކަމަށްވެސް ބުނެއެވެ.
މުސްލިމުން ރޯދައަށް ތިބޭއިރު ފެނެއްވެސް ނުބޯނެއެވެ. އަދި ނުކައި ފެން ނުބޮއެ ރޯދަ ހިފުމަކީ މުސްލިމުންނަށް ބުރަކަމަކަށްވެސް ނުވެއެވެ. ނުކައި، ފެންނުބޮއެ ރޯދަ ހިފުމުންވެސް ހަށިގަނޑަށް ލިބެންވާ ޞިއްޙީ ފައިދާތައް ކުރާކަމަށްވެސް ޑޮކްޓަރުން ޤަބޫލުކުރެއެވެ.
އަހުރެންގެ ބޭނުމަކީ ރަމަޟާން މަހު ހިފާ ފަރުޟު ރޯދައިގެ އިތުރުން ވީހާ ގިނައިން ސުންނަތް ރޯދަހިފަން ހިތްވަރުދިނުމެވެ. އެކަމުން ދެއްވަވާ ޘަވާބުގެ އިތުރުން ޞިއްޙަތަށް ކުރާނެ ފައިދާތައް މިހިރަދަނީ ހާމަވެ އެނގެމުންނެވެ. ވީމާ ސުންނަތް ރޯދަތައް ހިފުން ގިނަކުރާށެވެ. އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ދާނީ ފެންނަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން