ގައިގަ ބާރުހުރި ދުވަހު އެންމެ ބޮޑަށް ކަންބޮޑުވެ ސަމާލުކަންދޭންވީ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގައިގަ ބާރުހުރި ދުވަހު އެންމެ ބޮޑަށް ކަންބޮޑުވެ ސަމާލުކަންދޭންވީ ކަންތައް!

މުސްކުޅިވާނެ ދުވަހާއިމެދު އެކިމީހުން ކަންބޮޑުވަނީ އެކިކަންކަމަށެވެ. ތަނަވަސްކަްނކުޑަވެދާނެތީ، ދަރިން އަޅާނުލައިފާނެތީ، ރަނގަޅު ފެންވަރުގެ ގެއެއް ނުހުރެދާނެތީ، އެކަނި އުޅެންޖެހިދާނެތީ ފަދަ ތަފާތު ކަންކަމަށެވެ. ނަމަވެސް މިފަދަ އެއްވެސް ކަމަކީ އެންމެ ބޮޑު ކަންތައް ކަމަށް ބަލައިގެން ދެކޮޅުޖެއްސޭކަށް ނެތެވެ. 

ޢިލްމުވެރިއަކު ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

"އަހަރެމެންނަށް ހަރު ތަކެތި ކެވެނީ ދަތް ހުރި ދުވަހުއެވެ. ދެން ކާންޖެހޭނީ މުގުރައިގެންނެވ. ޗިސްކޮށްގެންނެވެ. އަޅުކަންވެސް ފުރިހަމައަށް ކުރެވޭނީ ގައިގެ ބާރު ހުންނަ ދުވަސްތަކުގައެވެ. ފަހުން މިއޮންނަނީ ގުދު ނުވެވިފައެވެ. ރުކޫޢު ނުކުރެވިފައެވެ. ސަޖިދަވެސް ނުކުރެވިފައެވެ. ވީމާ ގައިގަ ބާރު ހުރި ދުވަހު ވީހައި ގިނައިން އަޅުކަންކޮށް ބަލިކަށިވާ ދުވަހަށް ޖަމާކުރާށެވެ!" 

މިއީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށް ޙިކުމަތްތެރި ބަސްކޮޅެކެވެ. މުސްކުޅިވީމާ ގިނައިން އަޅުކަންކުރަން މަޑުކޮށްގެން ހުއްޓާ މަރުވެ އެއްވެސް ހެޔޮކަމެއް ނުކުރެވޭނެ ގޮތް މެދުވެރިވެއެވެ.  މަރުނުވިނަމަވެސް އެއިގެކުރިން ދިމާވާ ކަމެއްގެ ސަބަބުން ކޮންމެ ފަދަ ގޮތެއްވެސް މެދުވެރިވެދާނެއެވެ. އެނދުން ނުތެދުވެވިވެސް ހިނގައިދާނެއެވެ. މިހުންނަނީ އެނގޭ ކަންކަމެއް ނޫނެވެ. 

ބުނަން މަސައްކަތްމިކުރަނީ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭނެ ވާހަކައެވެ. ވީމާ ގައިގަ ބާރުހުރި ދުވަހު ވީހާ ގިނައިން އަޅުކަންކޮށް ޖަމާކޮށްލަން މަސައްކަތްކުރާށެވެ. މުސްކުޅިވާ ދުވަހު ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް ހިތާމަކުރަން ނުޖެހޭނީ އެއިރުންނެވެ. ޒުވާން ޢުމުރުގައި ތިބާ އިޚްލާޞްތެރިވެއްޖެނަމަ އެކަން ﷲ ދެނެވޮޑިގެންވެއެވެ. އެކަން ހަނދާނުގައި ބަހައްޓާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން    

 

މިއަދު އޮންލައިން