ތިމާގެ ދަރިންނަށް މޮޅުގޮތާ އުފާވެރިކަން ހޯދައިދޭން ބޭނުންވެގެން ތިމާމެންނާ ދަރިންގެ ދުނިޔެއާ އާޚިރަތް ނަގާލާ މީހުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ތިމާގެ ދަރިންނަށް މޮޅުގޮތާ އުފާވެރިކަން ހޯދައިދޭން ބޭނުންވެގެން ތިމާމެންނާ ދަރިންގެ ދުނިޔެއާ އާޚިރަތް ނަގާލާ މީހުން ގިނަވެއްޖެ!

އެއްވެސް ބިރެއް ނެތި އެންމެ ބޮޑެތި ފާފަތައް ކުރާ މީހުން ދަނީ ގިނަވަމުންނެވެ. މި ފަދަ ފާފަތައް ކުރުން ޢާންމުވެފައިވާވަރުން ތިމާއަށް މިކުރެވެނީިސްލާމް ދީނުގައި ހުރި އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަކަން ޤަބޫލު ނުކުރާ ގިނަބައަކު އުޅޭކަމަށް ވެސް މިވަނީ ޤަބޫލުކުރަން ޖެހިފައެވެ. 

އެގޮތުން ބަލާއިރު މިހާރު އެންމެ ބޮޑަށް އިތުރުވަމުން ދަނީ ވައްކަންކުރުމާއި ބަނގުރާ ބުއިމާއި ޒިނޭކުރުމާއި ފާހިޝް ޢަމަލުތަކެވެ. އެފަދަ ބޮޑެތި ފާފަތައް ކުރަން ދަރިންނަށް ފުރުޞަތު ދޭ މައިންބަފައިން އެބަތިއްބެވެ. ދަރިން އެކުދިންގެ ލޯބިވެރިންނާއިއެކު އެކަހެރިކުރުވައެވެ. އެކަމަށް ފުރުޞަތުދެއެވެ. ކޮޓަރިތަޅުލައިގެން ތިބެން ފުރުޞަތުދެއެވެ. ބޭނުންތަނަކަށް ފޮނުވައެވެ. ބޭރު ޤައުމުތަކަށްވެސް ފޮނުވައެވެ. 

މިފަދަ ފުރުޞަތުތައް ދިނުމުގެ އިތުރުން ދަރިން ލައްވައި އެފަދަ ފާފަތައް ކުރުވާ މައިންބަފައިންވެސް މަދެއް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި އެފަދަ ފާފަތައް ކުރުމުން ނޫނީ ދަރިންގެ ޝަޚްޞިއްޔަތުވެސް ފުރިހަމައެއް ނުވެއެވެ. 

ﷲ ތަޢާލާ ގަންދީ ބުނަމެވެ. އެފަދަ މައިންބަފައިން އެކުރާކަމަކީ އެމީހުންނާއެ ދަރިން ނަގައިލުމެވެ! އަމިއްލައަށް އާޚިރަތް ނަގައިލުމެވެ! ނަރަކައަށް ވެއްޓިގަތުމެވެ.  

ތިމަންމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެންކަމަށް ބުނަމުން ބިރެއް ނެތި ފާފަތައް ކުރެވޭ މީހުން މި ޙަދީޘްފުޅަށް ވިސްނައިލާށެވެ! 

Prophet Muhammad () said: 

"If your good deeds make you happy and your bad deeds make you sad, then you are a Believer." 

Musnad Aḥmad 21695 

ލިބުވެތި އަޚުންނާއި އުޚުތުން ވިސްނައިލާށެވެ! ފާފަކުރަން ޖެހިލުން ނުވާމީހާގެ އީމާންކަމާއިމެދު ސުވާލު އުފެދެއެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ "ހެޔޮ ޢަމަލެއް ކުރެވުމުން ހިތްހަމަޖެހުން ލިބިފައި އަދި ނުބައި އަމަލެއް ކުރެވުމުން ހިތްދަތިކަން ލިބޭނަމަ އެމީހަކީ އީމާންތެރިއެއް" ކަމަށެވެ. 

ވީމާ ފާފައެއް ކުރެވުމުން ކުރެވުނު އެ ޢަމަލާއިމެދު ދެރަވެ ހިތާމަ ނުކުރެވޭނަމަ އެމީހަކީ އީމާންތެރިކަން ލިބިގެން ހުރި މީހެއް ކަމަށް ބުނަންއުނދަގުލެވެ. އެއީ އިމާންތެރިންނަކީ " އަދި ނުބައި އަމަލެއް ކުރެވުމުން ހިތްދަތިކަން ލިބޭ" މީހަކަށް ވާންޖެހޭ ކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ޙަދީޘްފުޅުގައި އެވާ ދެ ސިފަ މީހާގެ ކިބައިގައި ހަރުލެއްވެވިއްޖެ ނަމަ މާތް ﷲ ވާފުޅާއިއެކު އެމީހާއަށް ސުވަރުގެ ދެއްވަވާނެއެވެ. "ހެޔޮ ޢަމަލެއް ކުރެވުމުން ހިތްހަމަޖެހުން ލިބޭ އަދި ނުބައި އަމަލެއް ކުރެވުމުން ހިތްދަތިކަން ލިބޭ" އީމާންތެރިއަކުކަމުގައި ވުމަށް ގދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! ކާމިޔާބީއަކީ އެކަމަށް އެދި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހާގެ ޙައްޤެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން