އިންސާނާއަށް އެމީހާ އެދޭ ހުރިހާ ކަމެއް މިންވަރުކޮށްދެއްވެވުމުގެ އިތުރުން އެންމެ ފުރިހަމަ ގޮތުގަ ރައްކާތެރިކަން ދެއްވަވާނެ ފެންވަރަށް ދެވޭނެ! ދާން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އިންސާނާއަށް އެމީހާ އެދޭ ހުރިހާ ކަމެއް މިންވަރުކޮށްދެއްވެވުމުގެ އިތުރުން އެންމެ ފުރިހަމަ ގޮތުގަ ރައްކާތެރިކަން ދެއްވަވާނެ ފެންވަރަށް ދެވޭނެ! ދާން ބޭނުންތަ؟

ފުރަތަމަކަމަކަށް ތިމާ އެޑޭ ހުރިހާ ކަމެއް ﷲ ތަޢާލާ މިންވަރުކުރައްވަވާނެކަން އެނގުމަށްވުރެ ވަކިން ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ އެނިޢުމަތް ބޭނުންވެގެން ތެޅިފޮޅި ނުގަންނާނީވެސް ކާކުހެއްޔެވެ؟ 

ކޮންމެ މީހަކީވެސް ގިނަ ކަންތައްތަކަކަށް ބޭނުންވެގެން ހުންނަ މީހެކެވެ. އެހެންކަމަށްވާއިރު ދަންނަވަން އުޅޭއިރު ހަނދާންނެތިދާނެކަމުގެ ބިރަށް ބޭނުންވާ ހުރިހާ ކަންކަމުގެ ލިސްޓްލިޔެ، އެލިސްޓްގައި ތިމާ ބޭނުންވާ ހުރިހާ ކަންކަން ލިޔެވިފައިވޭތޯ އެތައް ފަހަރަކު ޗެކްނުކުރާނީ ކާކުހެއްޔެވެ؟ 

އަދި އެވަރަކުންވެސް ނިމެނީއެއް ނޫނެވެ. އެއިގެ ފަހުންވެސް ދަންނަވަމުން ގެންދަންވީއެވެ. ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދަންނަވަންވީއެވެ. ދަންނަވާއިރަށް ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ 

އަދި އެވަރަކުންވެސް ނިންމަވައިލައްވަވަނީއެއް ނޫނެވެ. އެމީހާއަށް ބޭނުންވާ ރައްކައުތެރިކަންވެސް އެންމެ ފުރިހަމަ ގޮތުގައި ދެއްވަވަނީއެވެ. އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ފެންވަރަށެވެ. ހަށިފާރަވެރިއަކަށް އެއްގޮތަކަށްވެސް ބޭނުން ނުވާނެ ވަރަށެވެ. އަދި ޙަސަދަވެރިންގެ ކިބައިންވެސް ރައްކައުތެރިކަން ދެއްވަވަނީއެވެ. 

މިފެންވަރަށް ދެވެން އޮތީ އެމީހަކާއި ﷲ ތަޢާލާއާއި ދެމެދު އޮންނަންޖެހޭ ގުޅުންތައް ރަނގަޅުކުރެވިގެންނެވެ. އެކަމަށް އެދިގެން ކުރަން އޮތްކަމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުންނަންވީއެވެ. ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން ގެންދަންވީއެވެ. ފަރުޟްތަކަށް ރައްކައުތެރިވެ އަދާކުރަމުން ގެންދަންވީއެވެ. ސުންނަތް އަޅުކަންކުރުން ގިނަކުރަންވީއެވެ. ރޭއަޅުކަންކޮށް ދުޢާކުރަމުން ގެންދަންވީއެވެ. 

މިމަގުން ޢަމަލުކޮށްފި މީހަކަށް މިބަޔާންކުރި ފެންވަރަށް ދެވޭނެކަން އޮތީ ޙަދީޘްފުޅުން އެނގޭށެވެ. ވީމާ ޔަޤީންކަމާއިއެކު ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރަންވީއެވެ. މަސައްކަތްކުރެވިއްޖެނަމަ އެފެންވަރަށް ދެވޭނެއެވެ. އެއިރުން އެމީހަކަށްވުރެ ދުނިޔެއާއި އާޚިރަތުގައިވެސް ވަކިން އުފަލުގައި ހުރެވޭނެ މީހަކު ނުހުންނާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން