ބޭކާރު ގޮތުގަ ސުވާލުތައް ގިނަނުކުރާށެވެ! ހަލާކުގެ ތެރެއަށް ވެއްޓެންޖެހިދާނެ ކަމުގެ ބިރު ބޮޑެވެ!

ކިޔުމަށް ހޭދަވާނީ 8މ 26ސ
ބޭކާރު ގޮތުގަ ސުވާލުތައް ގިނަނުކުރާށެވެ! ހަލާކުގެ ތެރެއަށް ވެއްޓެންޖެހިދާނެ ކަމުގެ ބިރު ބޮޑެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

عَنْ أَبِي هُرَيْرَةَ، عَبْدِ الرَّحْمَنِ بْنِ صَخْرٍ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ يَقُولُ: «مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ؛ فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ، وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ» رَوَاهُ البُخَارِيُّ، وَمُسْلِمٌ. ¹

އަބޫ ހުރައިރާ، ޢަބްދުއްރަޙްމާން ބިން ޞަޚްރު رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ޙަދީޘް ކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: ”ތިމަން ކަލޭގެފާނު، ތިޔަބައިމީހުންނަށް ނަހީ ކުރިހާ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިމަން ކަލޭގެފާނު، އެ ކަންކަމައިގެން ތިޔަބައިމީހުންނަށް އަމުރުކުރި ކަންތައް، ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވި ވަރަކުން އޭގެން ކުރާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީހުން ހަލާކުކުރުވި ހަމައެކަނި ކަމަކީ، އެބައިމީހުންގެ ސުވާލު ގިނަވުމާއި، އެބައިމީހުންގެ ނަބިއްޔުންގެ މައްޗަށް އެބައިމީހުން ޚިލާފުވުމެވެ.“

އެގޮތުން މި ޙަދީޘްގައި ބަޔާންކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ﷲ ތަޢާލާ ނަހީ ކުރެއްވި ކަންކަމުން ދުރުހެލިވުމާއި، އަމުރުކުރެއްވި ކަންކަން ކުރުމަށެވެ. އަދި ނަބިއްޔާއަށް ކިޔަމަންތެރިވުމަށެވެ. ބޭކާރު ގޮތުގައި ސުވާލުތައް ގިނަ ނުކުރުމަށެވެ. 

ބަނީ އިސްރާއީލް މީހުންވެސް މޫސާގެފާނު އެބައިމީހުންނަށް ގެރިއެއް ކަތިލަން އެންގެވުމުން، ކޮން ވައްތަރެއްގެ ކޮން ކުލައެއްގެ ކޮން ގޮތަކަށް އޮންނަ ގެރިއެއްތޯ ސުވާލު ކުރެއެވެ. 

ﷲ ތަޢާލާ މިވާހަކަތައް ބަޤަރާ ސޫރަތުގެ 68 ވަނަ އާޔަތުން 71 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانُۢ بَيْنَ ذَٰلِكَ فَٱفْعَلُوا۟ مَا تُؤْمَرُونَ ﴿٦٨﴾‏ قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ صَفْرَآءُ فَاقِعٌ لَّوْنُهَا تَسُرُّ ٱلنَّٰظِرِينَ ﴿٦٩﴾‏ قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ ﴿٧٠﴾‏ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا قَالُوا۟ ٱلْـَٰٔنَ جِئْتَ بِٱلْحَقِّ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ ﴿٧١﴾‏ 

މާނައީ: "އެއުރެން ދެންނެވޫއެވެ. އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ، ތިޔަބައިމީހުންނަށް أمر ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ! (68) އެއުރެން ދެންނެވޫއެވެ. އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ. (69) އެއުރެން ދެންނެވޫއެވެ. އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! (އެހެނީ) ހަމަކަށަވަރުން (ތިޔަ ސިފަކުރައްވާ) ގެރި އަޅުގަނޑުމެންނަށް އޮޅިއްޖެއެވެ. اللَّه އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން ތިމަންމެން ވާހުށީ (އެކަމަށް) ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައެވެ. (70) އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ. (عيب ތަކުން) ސަލާމަތް ވެގެންވާ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ. އެއުރެން ދެންނެވޫއެވެ. މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވައިފީމުއެވެ. ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ. އެއުރެންތިބީ، އެކަން ކުރާހިތަކުން ނޫނެވެ. (71)" 

މި ޙަދީޘުން ލިބޭ ބައެއް ފައިދާ

·      ރަސޫލާ އަމުރުކުރެއްވި ކަންކަން ކުރުމާއި، ނަހީ ކުރެއްވި ކަންކަމުން ދުރުހެލިވުން

·      އިސްލާމްދީނުގެ ފަސޭހަކަން

·      ބޭކާރު ސުވާލު ނުވަތަ ބޭކާރު ވާހަކަ ދެއްކުމުން ދުރުހެލިވުން

·      ނަބިއްޔުންނާ ޚިލާފްވުމަކީ އެޤައުމެއްގެ ހަލާކުކަން

 

 

މިއަދު އޮންލައިން