ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފާޚާނާއަށް ވަންނަމުން ދުޢާކިޔުމަކީ ހަމައެކަނި ފާޚާނާކުރަން ވަންނަނަމަ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންވެ ޤަޟާޙާޖަތް ކުރުން ނޫން އެހެން ބޭނުމަކު ފާޚާނާއަށް ވަންނައިރުވެސް ކިޔާ ދުޢާ ކިޔަން ޖެހޭނެތޯ؟ ސުވާލުކުރެއެވެ.
ޖަވާބަކީ:
ޤަޟާހާޖަތް ކުރަން ނޫންކަމުގައިވިޔަސް، ފާޚާނާއަށް ވަންނައިރު ދުޢާ ކިޔުން ސުންނަތް ވެގެންވެއެވެ. އެހެނީ ފާޚާނާއަށް ވަންނައިރު ކިޔާ ދުޢާ ކިޔުން ގުޅިފައިވަނީ ޤަޟާ ޙާޖަތް ކުރުމަކާ ނޫނެވެ. ފާޚާނާއަށް ވަންނައިރު ދުޢާ ކިޔުމުގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނެނީ، ފާޚާނާއަކީ ނަޖިސްތަނަކަށް ވުމާއި، އެތަނަށް ޖިންނި ޝާއިޠާނުން ޙާޟިރުވާތަނެއްކަމުގައިވުމެވެ. والله أعلم
--ޝައިޚް ޙަސަން މޫސާ ފިކުރީ