ސަމާލުކަން އިތުރުކޮށްލަމާ! ހުކުރަށް ދިއުމުގަ ހީވާގިވެލައިފިނަމަ ލިބެން އޮތީ ހާދަ ބައިވަރު ޘަވާބެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ސަމާލުކަން އިތުރުކޮށްލަމާ! ހުކުރަށް ދިއުމުގަ ހީވާގިވެލައިފިނަމަ ލިބެން އޮތީ ހާދަ ބައިވަރު ޘަވާބެކެވެ!

ހުކުރަށް ދިއުމަށް ދޭންޖެހޭ ސަމާލުކަންދީގެން ހުކުރަށް ގޮސް ހަދީޘްފުޅުގައިވާ ގޮތަށް ޢަމަލުކުރުމުން ތިބާއަށް ލިބޭ ބޮޑު ފައިދާ އެނގޭހެއްޔެވެ؟ ލިބޭނެ ޘަވާބުގެ ގިނަކަން ޚިޔާލަށް ގެނެވޭ ހެއްޔެވެ؟ 

ރަސޫލް () ޙަދީޘްފުޅުކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ. 

"ހުކުރު ދުވަހު ހުކުރު ވަގުތުގެކުރިން ފެންވަރާ ތާހިރުވެ، ހުކުރު ނަމާދުގެ ވީހައިވެސް ކުރީ ވަގުތެއްގައި އެއްވެސް ސަވާރީއަކަށް ނާރައި ފައިމަގުގައި ހިނގާފައި މިސްކިތަށް ޙާޒިރުވެ، އިމާމް މީހާ އާއި ވީހާވެސް ގާތުގައި އިށީނދެ، ދުނިޔަވީ އެހެން ކަންކަމާއި މަސްއޫލުނުވެ ހުކުރު ޚުޠުބާ ކަނުލައި އަޑުއަހައި، ހުކުރު ނަމާދު ފުރިހަމަކޮށްފިނަމަ، އޭނާ މިސްކިތަށް އައުމަށް އެޅި ކޮންމެ ފިޔަވަޅަކަށް އެއް އަހަރު ދުވަހުގެ ރޯދަ އާއި ރޭއަޅުކަމުގެ ޘަވާބު މާތް ﷲ އޭނާއަށް ލިޔުއްވަވާ ހުއްޓެވެ!"

- (އިމާމް އަޙްމަދު) ، އިމާމް އަލްބާނީ ވަނީ މި ޙަދިޘް ޞައްޙަ ކުރައްވައިފައެވެ.

 

މިއަދު އޮންލައިން