ކައިވެނިކުރަން ތައްޔާރަށް ނެތް މީހަކުދެކެ ލޯބިވުމުގެ ކުރިން ލިބިގަތުން މުހިންމު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކައިވެނިކުރަން ތައްޔާރަށް ނެތް މީހަކުދެކެ ލޯބިވުމުގެ ކުރިން ލިބިގަތުން މުހިންމު ފިލާވަޅެއް!

މިހާރަކަށް އައިސް ގިނަ ބއަކަށް އައިސް ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު އެއް ކުށަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެކުށަކީ ކައިވެނިކުރެވެން ނެތް، ކައިވެނިކުރަން ތައްޔާރުނުވެ ހުރި މީހަކު ދެކެ ލޯބިވެގެން އުޅުމެވެ. 

ރަނގަޅަށް އަޑުއަހާށެވެ! ތިބާއަށް އެއްވެސް މީހަކު ލޯބި ހުށަހަޅައިފިނަމަ އެކަން ޤަބޫލުކުރުމުގެ ކުރިން އެމީހަކު ހުރީ ކައިވެނިކުރެވޭ ގޮތަށްތޯ އާއި ކައިވެނިކުރަން ތައްޔާރުވެގެންތޯ ސުވާލުކުރާށެވެ. އަދި ތިއަ ހުށަހެޅުން ޤަބޫލުކޮށްފިނަމަ ކައިވެނިކުރެވޭނީ ކޮންދުވަހަކުތޯވެސް ސުވާލުކުރާށެވެ! 

އެއީ ކީއްވެގެން ހެއްޔެވެ؟ ކައިވެނިކުރެވޭނީ މިވެނި އެވެނި ކަމެއް ފުރިހަމަކޮށްގެން ކަމަށް ނުވތަ އެކަންކަން ފުރިހަމަވީ ދުވަހަކުން ކަމަށް ބުނާނަމަ ގިނަ ފަހަރު އެކަންކަން ވެފައި އޮންނާނީ ކައިވެނިނުކުރަން ދައްކާ ބަހަނާއަކަށެވެ. ލޯބި އެހުށަހަޅަނީ ހަމަ ޙަޤީޤަތުގައިވެސް ލޯބިވެގެންކަމަށްވެސް އޮންނާނީ ވަރަށް ދުރުގައެވެ. އެއުޅެނީ ތިބާގެ ބޭނުންކޮށްލުން ކަމަސްވުން އޮންނާނީ ވަރަށް ގާތުގައެވެ. 

ކައިވެނިކުރާނެ ދުވަހެއް ކަނޑަނާޅައި ލޯބިވެގެން އުޅޭނަމަ ގިނަ ފަހަރަށް ކަންކަން ވަމުންދާނީ ރަނގަޅަކަށް ނޫނެވެ. ހަމައެކަނި ފާފަތައް ކުރެވޭނީއެއްވެސް ނޫނެވެ. ކައިވެނިކުރެވޭނެ ދުވަހެއްގެ އިންތިޒާރީގައި ހުރެ ދުވަސްތައް ދިގުލައި ދަމުން ދަނިކޮށް އަވަހަށް ކައިވެނިކުރުމުގެ ފުރުޞަތުލިބިއްޖެނަމަ އެމީހަކާއި ކައިވެނިކުރެވުން އޮންނާނީ ވަރަށް ގާތުގައެވެ. އެއިރުން އަނެކާ އެތައް ބައިވަރު މައްސަލަތަކެއް ޖައްސާނެއެވެ. އެތައް ބައިވަރު ޝަކުވާކަމެއްވެސް ކުރާނެއެވެ. 

ވީމާ ދީނީ ގޮތުން ބެލިނަމަވެސް އަދި ދުނިޔަވީ ގޮތުން ބެލިނަމަވެސް އަދި ތިމާގެ ޢަބުރާއި ޢިއްފަތްތެރިކަން ރައްކައުތެރިކުރުމުގެ ގޮތުން ބެލިނަމަވެސް އޮތް އެންމެ ފައިދާހުރި ގޮތަކީ ލޯބިވެގެން ގިނަ ދުވަހު ތިބެން ނުހަދައި އަވަހަށް ކައިވެނިކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން