ރޭގަނޑުކުރާ ނަމާދުތަކުގައި ރޭގަނޑު ކިޔަވަންހުރި ސޫރަތްތަކާ އާޔަތްތައް ކިޔެވުން- ކުރެވޭނަމަ ކުރަން ރަނގަޅު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރޭގަނޑުކުރާ ނަމާދުތަކުގައި ރޭގަނޑު ކިޔަވަންހުރި ސޫރަތްތަކާ އާޔަތްތައް ކިޔެވުން- ކުރެވޭނަމަ ކުރަން ރަނގަޅު ކަމެއް!

ބައެއް މީހުން ރޭގަނޑުގެ ސުންނަތް ނަމާދުތައް (ދަމުނަމާދު ފިޔަވައި) ދިގުކޮށް ކުރާތީ ސުވާލުކުރެއެވެ. އެއީ މައްސަލައެއް ކަމަށް ދެކެގެންނެވެ. ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ ނަމާދެއްގައިނަމަވެސް ރޭގަނޑު ކިޔަވަންހުރި ސޫރަތްތަކާއި ޢާޔަތްތައް ކިޔަވައިފިނަމަ ވާނީ ރޭގަނޑު ކިޔެވިކަމަށެވެ. އެއިގެ އިތުރުން ޚުޝޫޢަތްތެރިކަމާއިއެކު ދިގުކޮށް ނަމާދުކުރިކަމުގެ ޘަވާބުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ  

ނަމާދުކުރާއިރު އަލްޙަމްދު ކިޔުމަށްފަހު އެމީހަކަށް ކެރިކުޅަދާނަވާ ވަރަކަށް ޤުރްއާން ކިޔަވަން އޮތީ އެކަނިހުރެ ނަމާދުކުރާއިއރުގައެވެ.ޖަމާޢަތުގައި ނަމާދުކުރާއިރު އަލްޙަމްދަށްފަހު އިމާމުމީހާ ކިޔަވާތަނެއް މަޑުން ނަމަވެސް ކިޔެވުމެއް ނެތެވެ.  

އިމާމް މީހާގެ ކިޔެވުން ހިތްމައްޗަށް ގެނެސް އަޑުއަހަން ހުންނާނީއެވެ. އެވަޤުތު އިތުރު ކަންކަން ހިތްމައްޗަށް ގެނައުމަކީ ނަމާދުން ބޭރުވެވޭ ސަބަބެކެވެ. ނަމާދުކުރާއިރު އަބަދުވެސް ހުންނަން ޖެހޭނީ ނަމާދަށް ސަމާލުކަންދީގެން ނަމާދުގައެވެ. 

ކިތަންމެ އަވަދިނެތި އުޅުނަސް ރަވާތިބް ސުންނަތްތަކަށް ރައްކައުތެރިވާށެވެ! ރަވާތިބު ސުންނަތުގެ 12 ރަކްޢަތަށް ރައްކާތެރި ވެއްޖެ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވާނެ ކަމަށް ޙަދީޘްގައި އޮވެއެވެ.  

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން