ދެމަފިރިންގެ ދެމަދަށް ޝައިޠޯނާއަށްވެސް، މީހަކަށްވެސް ނުވަދެވޭނެ ގޮތަށް އުޅުމުގެ ފުރުޞަތު ހޯދަން ކުރަން އޮތް ޢަމަލުކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދެމަފިރިންގެ ދެމަދަށް ޝައިޠޯނާއަށްވެސް، މީހަކަށްވެސް ނުވަދެވޭނެ ގޮތަށް އުޅުމުގެ ފުރުޞަތު ހޯދަން ކުރަން އޮތް ޢަމަލުކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް! އިން ޝާ ﷲ

ހެޔޮލަފާ އަނބިން އެމީހުންގެ ފިރިންނަށް ޚިދުމަތްކުރާނީ ހަމައެކަނި ފިރިމީހާގެ ރުހުމަށް އެދިގެނެއް ނޫނެވެ. އޭނާގެ މަސްއޫލިއްޔަތު ﷲ އަންގަވާފައިޥާ ގޮތަށް އަދާކުރުމަށެވެ. އެހެނީ އެއިރުން ފިރިމީހާއަށް ކުރާ ޚިދުމަތަށްވެސް ޘަވާބު ދެއްވަވާނެތީއެވެ. 

މިކަން ހެޔޮލަފާ ފިރިންނަށްވެސް އޮތީ ހަމަ މިގޮތަށެވެ. އަނބިމީހާއަށް ކޮށްދޭ ކަންކަން ކޮސްދެނީ އަނބިމީހާއަށް ކަމަކަށް ނުދެކޭނެއެވެ. ވިސްނާނީ ތިމާ އަނބިމީހާއަށް ކޮށްދޭ ކަންކަން އެންމެ ރަނގަޅު ގޮތުގައި ކުރީމާ ﷲ ތަޢާލާ ތިމާއަށް ޘަވާބު ދެއްވަވާނެ ކަމަށެވެ. 

އަހުރެންނަށް މިހައިތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި ގޮންޖަހާފައި ބުނަންކެރިދާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކަންކަން ކޮށްދެނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ކަމަށް ދެކެގެން ކަންކަންކޮށްދޭ ދެމަފިރިންނަށްވުރެ އުފަލުގައި ދިރިއުޅެވޭ ބައަކު ނެތެވެ. އެފަދަ ދެމަފިރިއެއްގެ ދެމެދަށް ވަދެވޭނެ މީހަކުވެސް ނުހުންނާނެއެވެ. 

އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެދެމަފިރިންގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާތީއެވެ. އެހެންވެ ޝައިޠޯނާއަށްވެސް އެދެމަފިރިންގެ ދެމަދަށް ވަދެނުގަނެވެނީއެވެ. ދެމަފިރިންކުރެ މީހަކު މަގުފުރައްދަންވެސް އުނދަގޫވަނީއެވެ. 

ދެން ބަލައިލަްނވީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދުގައެވެ. ދުނިޔަވީ ގޮތުން ބަލައިފިނަމަ ދެމަފިރިން އެކަކު އަނެކަކަށް ހެޔޮކޮށްހިތަނީ އުފަލުގައި ދިރިއުޅޭށެވެ. ﷲ ތަޢާލާ އެކަންވެސް ލައްވަވާފައި އެވަނީ ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ. ސުވަރުގެ ވަންނަން މަގުފަހިވާނެ ކަމެއްގެ ގޮތުގައެވެ. ފުރުޞަތުގެ ބޭނުން ހިފަމާ ހިނގާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން