އަޅުގަނޑުމެންގެ ހިތްތަކުގައި ﷲ ތަޢާލާއަށް ލޯބިއިތުރުކުރަން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ކީރިތި ޤުރްޢާނާއި ޤުރްއާނުގެ މާނަކިޔުމެވެ. ވީހާގިނަ މައުލޫމާތު އެއްކުރުމެވެ. އެހެންކަމުން ހަނޑާން އައުކޮށްލުމުގެ ގޮތުން މިގެނެސްދެނީ ތައުބާ ސޫރަތާއި ގުޅުންހުރި ބައެއް މަޢުލޫމާތެވެ.
ޤުރްއާނުގެ ބަގީޗާއިން ތައުބާ ސޫރަތް-
ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
މުޝްރިކުންގެ ކިބައިން ބަރީއަވުން އަދި ތައުބާގެ ދޮރު އެންމެނަށް ހުޅުވެގެންވާކަން ބަޔާންކޮށްދިނުން
ސޫރަތުގެ މުހިއްމު ނުކުތާތައް
*މުސްލިމުންނާއި މުޝްރިކުންގެ ގުޅުމުގެ އިންފާރުތައް މި ސޫރަތުގައި ބަޔާންކޮށްދެވިފައިވެއެވެ. އެއީ ތިރީގައި މި ދަންނަވާ ތަރުތީބުންނެވެ.
· މުޝްރިކުންގެ ކިބައިންނާއި އަދި އެމީހުންގެ އަޤީދާއިން ބަރީއަވުން (ފުރަތަމަ އާޔަތް)
· މުސްލިމުންނާއި މުޝްރިކުންގެ ދެމެދުގައި އަހުދެއް ވެވިފައިވާނަމަ އެ އަހުދެއް ފުއްދުން (4ވަނަ އާޔަތް އަދި 7 ވަނަ އާޔަތް)
· މުޝްރިކުންނަށް ޙައްޤުގެ މަގަށް ދަޢުވަތުދިނުން، މުޝްރިކުންނަށް ދަޢުވަތުދިނުމުގައި ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފުން (6 ވަނަ އާޔަތް)
· މުޝްރިކުންގެ ތެރެއިން ﷲ ގެ ދީނަށް ހުރަސްއަޅާ މީހުންނާއި ހަނގުރާމަ ކުރުން (12ވަނަ،13 ވަނަ އަދި 14ވަނަ އާޔަތް)
· މުޝްރިކުންގެ ތެރެއިން އަމާންކަން ދިނުމަށް އެދޭ މުޝްރިކުންނަށް އަމާންކަން ދިނުން (6 ވަނަ އާޔަތް)
· މުސްލިމުންގެ ބާރުވެރިކަން ޤަބޫލުކޮށް، މުސްލިމުންނަށް ބޯލަނބާ މުޝްރިކުންނާއި ހަނގުރާމަކުރުމުން ދުރުވުން (29ވަނަ އާޔަތް އަދި 129 ވަނަ އާޔަތް)
· އިސްލާމްދީނުގައި ޖިހާދުކުރުމުގެ މުހިއްމުކަން (38ވަނަ އާޔަތް އަދި 39 ވަނަ އާޔަތް)
· މުނާފިޤުންގެ ޖަރީމާވެރި ސުލޫކު ބަޔާންކުރުން. އަދި މުނާފިޤުން ފަޟީހަތްކުރެއްވުން (24 ވަނަ އާޔަތް)
· ޒަކާތުގެ އަށް ބެހެނިވެރިންނަކީ ކޮބައިކަން ބަޔާންކުރެއްވުން އަދި ޒަކާތަކީ ޖިހާދުގެ އެންމެ މުހިއްމު އެއް ރުކުން ކަމުގައި ބަޔާންކުރެއްވުން (60 ވަނަ އާޔަތް)
މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް:
އަންފާލު ސޫރަތުގައި ވަނީ ބަދުރު ހަނގުރާމައިގެ ވާހަކައެވެ. ތައުބާ ސޫރަތުގައި ވަނީ ތަބޫކު ހަނގުރާމައިގެ ވާހަކައެވެ. އަންފާލު ސޫރަތަށްފަހު ވަނީ ތައުބާ ސޫރަތެވެ. ޖެހިޖެހިގެން މި ދެ ސޫރަތް އޮތުމުގެ އެއް ހިކުމަތަކީ ދެ ހަނގުރާމައިން ނަޞްރު ލިބިގެންދިޔަ ސަބަބުތަކާއިމެދު ވިސްނުމަށް މަގުފަހިކުރުމެވެ.
މި ސޫރަތުގައި މުނާފިޤުންނާއި ކާފަރުންނާއި މުޚާތަބުވާގޮތަށް ވަރަށް ގިނަ تهديد ގެ އާޔަތްތައް އައިސްފައިވުމާއެކުވެސް، އެ ދެބައިމީހުންނަށް ތައުބާގެ ދޮރު ހުޅުވިފައިވާކަން އެންގިފައިވެއެވެ.
މި ސޫރަތުގައި ތައުބާގެ ލަފުޒާއި އެ ލަފުޒުގެ مشتقات ތައް 17 ފަހަރު އައިސްފައިވެއެވެ. ކީރިތި ޤުރުއާނުގައި ތައުބާގެ ލަފުޒާއި އެ ލަފުޒާއި ގުޅޭ އެހެން ލަފުޒުތައް އެންމެ ގިނައިން އައިސްފައިވަނީ މި ސޫރަތުގައެވެ.
މި ފަދަ ބައެއް މިސާލުތަކަކީ:
–މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާ މުޝްރިކުންނަށް ތައުބާގެ ދޮރު ހުޅުވިފައިވާކަން އެންގިފައިވަނީ ފަސްވަނަ އާޔަތާއި، ދިހަ ވަނަ އާޔަތާއި، އެގާރަ ވަނަ އާޔަތާއި ފަނަރަވަނަ އާޔަތުގައެވެ.
–މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ހޯދާފައިވާ މުދާތަކާއި، ވިޔަފާރިއާއި، ގެދޮރުގެ ލޯބި اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، އިސް ކުރެވޭ މުއުމިނުންނަށް ތައުބާގެ ދޮރު ހުޅުވިފައިވާކަން އެންގިފައިވަނީ ސައުވީސްވަނަ އާޔަތާއި ހަތާވީސްވަނަ އާޔަތުގައެވެ.
–މާތްﷲ އަށް ފުރިހަމައަށް ވަކީލު ނުކުރާ މީހާއަށް ތައުބާގެ ދޮރު ހުޅުވިފައިވާކަން އެންގިފައިވަނީވެސް ހަތާވީސް ވަނަ އާޔަތުގައެވެ.
–މުރުތައްދުންނަށާއި މުނާފިޤުންނަށް ތައުބާގެ ދޮރު ހުޅުވިފައިވާކަން އެންގިފައިވަނީ 74 ވަނަ އާޔަތުގައެވެ.
–މުތަރައްދިދުންނަށް ތައުބާގެ ދޮރު ހުޅުވިފައިވާކަން އެންގިފައިވަނީ 102 ވަނަ އާޔަތުގައެވެ.
–ނަބިއްޔާ صلى الله عليه و سلم އާއި ޞަޙާބީންނަށް ތައުބާގެ ދޮރު ހުޅުވިފައިވާކަން އެންގިފައިވަނީ 117 ވަނަ އާޔަތުގައެވެ.
–ހަނގުރާމައަށް ދިޔުމަށް ފަހަށް ޖެހޭ މުއުމިނުންނަށް ތައުބާގެ ދޮރު ހުޅުވިފައިވާކަން އެންގިފައިވަނީ 118ވަނަ އާޔަތުގައެވެ.
إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُم بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ (111)
“ހަމަކަށަވަރުން، اللَّه، مؤمن ންގެ ކިބައިން އެއުރެންގެ نفس ތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން اللَّه ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (دشمن ން) قتل ކޮށް، އަދި އެއުރެން قتل ވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) توراة އާއި، إنجيل އާއި، قرآن ގައި، އެކަލާނގެ ذات ފުޅުގެ މައްޗަށް حق ގޮތުގައި ކުރައްވާފައިވާ وعد އެކެވެ. އަދި عهد ފުއްދުމުގައި، اللَّه އަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ."
މި އާޔަތުގައި މުދަލަށްވުރެ ކުރިން ނަފުސުތައް އައިސްފައިވަނީ މި އަޤްދުގެ އަސްލަކީ ނަފުސުތައް ކަމުގައިވުމެވެ. ނަފުސާއިއެކު އެ ނަފުސެއްގެ މުދާތައްވެސް ބައްލަވައިގެނެވޭނެއެވެ.
(ابن القيم / التفسير القيم بتصرف يسير)
إِنَّكُمْ رَضِيتُم بِالْقُعُودِ أَوَّلَ مَرَّةٍ فَاقْعُدُوا مَعَ الْخَالِفِينَ
“ހަމަކަށަވަރުން، ފުރަތަމަ ފަހަރުވެސް (ހަނގުރާމަޔަށް ނުގޮސް) ތިބުމަށް، ތިޔަބައިމީހުން ރުހުނީމުއެވެ. ދެންވެސް (ހަނގުރާމަޔަށް ނުގޮސް) ފަސްޖެހިތިބޭ މީހުންނާއެކު ތިޔަބައިމީހުން ތިބޭށެވެ!"
ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފަރުވާކުޑަކުރާމީހުން ސަމާލުވުން ހުއްޓެވެ.
މާތްﷲ ގެ އަމުރުފުޅުތަކަށް ޢަމަލުކުރުން ފަސްކުރަމުންދާނަމަ، އެންމެ ފަހުން އެ ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ވަގުތުގައި އެމީހަކަށް އެ ކަން ކުރުމުގެ ތައުފީޤު މާތް ﷲ ނުދެއްވާފާނެއެވެ.
ކުރަންޖެހިފައިވާކަމެއް ދުރާލާ ކުރީބައިގައި ކުރުން ރައްކާތެރިކަން ބޮޑެވެ.
__________________________
މަޞްދަރު: أول مرة أتدبر القرآن
- މަސްދަރު: ދިސަލަފިއްޔާ