ނިދުމުގެ ކުރިން ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ނިދުމުގެ ކުރިން ކުރަން ރަނގަޅު ދުޢާއެއް!

ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ނިދުމަކީ މަރުވުމެއް ފަދަ ކަމެކެވެ. ނިދާފައި އޮންނައިރު އެމީހެއްގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް އެމީހަކަށް ނުއެނގެއެވެ. އަދި މީހަކު އެމީހާއަށް ކަމެއް ކުރިނަމަވެސް އެކަން އެނގެނީވެސް ހޭލެވުމުންނެވެ. 

ނިދީގައި އެތައް ބައެއްގެ ފުރާނަ ގެންދަވައެވެ. ވީމާ ނިދަންވާނީ ހޭނުލެވިދާނެ ކަމަށް ބަލައިގެންނެވެ. ވީމާ ޙަދީޘްފުޅުން އެގެންއޮތް މިފަދަ ދުޢާތައް ކޮށްގެން ނިދަން އާދަކުރާށެވެ!  

Reference:Muslim 4/2083 and Ahmad 2/79.

اللَّهُمَّ إِنَّكَ خَلَقْتَ نَفْسِي وَأَنْتَ تَوَفَّاهَا، لَكَ مَمَاتُهَا وَمَحْياهَا، إِنْ أَحْيَيْتَهَا فَاحْفَظْهَا، وَإِنْ أَمَتَّهَا فَاغْفِرْ لَهَا. اللَّهُمَّ إِنِّي أَسْأَلُكَ العَافِيَةَ

Reference : Hisn al-Muslim 103

"ހައްދަވާ ގެންގުޅުއްވަވާ އިލާހް އެވެ! މިއަޅާގެ ނަފްސް އުފެއްދެވީ އިނބަ ﷲ އެވެ. މިއަޅާގެ ފުރާނަ ގެންދަވާނީވެސް އިނބަ ﷲ އެވެ. މިއަޅާގެ ދިރުމާ މިއަޅާގެ ދިރިހުރުން ވަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ. މިއަޅާއަށް ދިރުން ދެއްވަވައިފިކަމުގައިވަނީނަމަ މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ. މިއަޅާގެ މަރު ގެންދަވައިފި ކަމުގައިވަނީނަމަ މިއަޅާގެ ފާފަ ފުއްސަވައިދެއްވަވައިފާނދޭވެ! ހައްދަވާ ގެންގުޅުއްވަވާ އިލާހްއެވެ. އިނބަ ﷲ ގެ ފުއްސެވުމަށް އެދި މިއަޅާ ދަންނަވަމެވެ."

 

މިއަދު އޮންލައިން