ދަމުނަމާދުކުރަން ބުރަވަނީ އެއީ ކުރަން މާބުރަ ނަމާދެއް ކަމަށް ދެކެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދަމުނަމާދުކުރަން ބުރަވަނީ އެއީ ކުރަން މާބުރަ ނަމާދެއް ކަމަށް ދެކެވޭތީ!

ދަމުނަމާދާއިމެދު ފުރިހަމަ މަޢުލުމާތު ލިބިފައިވާނަމަ ދަމުނަމާދުކުރުމަކީ އެއްވެސް ބުރަކަމެއް ނޫންކަން ވިސްނޭނެއެވެ. އެއީ ހަމަ ޢާދައިގެ ސުންނަތް ނަމާދުކުރާ ގޮތަށް ކުރަން އޮތް ނަމާދެކެވެ. ރުކޫޢާ ސުޖޫދު ދިގޮކޮށްލުމަކީ ސުންނަތެކެވެ. އެއީވެސް މަޖުބޫރުކަމެއް ނޫނެވެ.  

ދަމުނަމާދުކުރަން ފަށައިގަންނަން އުޅޭއިރު ބުރއަކަށް ނުވާނެ ގޮތަށް ވީހާ ލުއި މަގަކުން ކުރަންފަށާށެވެ. ފަރިތަވަމުން އަންނަވަރަކަށް ނަމާދު ދިގުކުރާށެވެ! ރަކްޢަތްވެސް ގިނަކުރާށެވެ! އެއިރުން ބުރައެއް ނުވާނެއެވެ. އަދި ކިއެއްތަ؟ ދިގުކުރާ ހިތްޖެހި ދިގުކުރަން ބޭނުންވާންވެސް ފަށާނެއެވެ. އިން ޝާ ﷲ   

ދަމުނަމާދާއިމެދު ބައެއް މީހުން މިފަދަ ސުވާލުތައް ކުރެއެވެ. "ދަމުނަމާދު ކުރާއިރު ހަށަންބަނދެގެން ހުރެ ކިޔުން ރަނގަޅީ ކޮންސޫރަތެއްތޯ؟ އަދި ސަޖިދާގައްޔާއި، ރުކޫޢުގައި އޮވެ ކިޔުން އެންމެރަނގަޅީ ކޮންތަނެއްތޯ؟ އަދި ކޮންދުޢާއެއްތޯ؟"  

ޖަވާބަކީ: ސޫރަތުލްފާތިޙާ އަށްފަހު ބޭނުން ސޫރަތެއް ކިޔެވިދާނެއެވެ. ރުކޫޢުގައި ކިޔާނީ ނަމާދުގައި ޢާއްމުކޮށް ކިޔާ  ޛިކުރެވެ. ސަޖިދާގައިވެސް ހަމައެގޮތަށެވެ. އެއަށްފަހު ބޭނުން ދުޢާއެއް ސަޖިދާގައި ކުރެވިދާނެއެވެ. 

- ޖަވާބް: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން