ވަރަށް ތަޤްވާވެރި އަންހެނަކު ބުނެފައިވެއެވެ.
ފާފައެއް ކުރަން އޭނާގެ ހިތަށް ޝައުޤުވެރިކަން އަންނައިރަށް މަންމަ ހުވަފެނުން ފެނެއެވެ. ފެންނަނީ ހިތްހަމަ ނުޖެހި ރުޅި އައިސްފައި ހުއްޓައެވެ. އަދި ތަޤްވާވެރިކަން އިތުރު ކުރާނަމަވެސް މަންމަ ހުވަފެނުން ފެނެއެވެ. ފެންނާނީ އުފަލުން ހެވިފައި ހުއްޓައެވެ.
މިފަދަ ހުވަފެންތައް ޢާންމު ގޮތެއްގައި ފެންނާނީ ހެޔޮލަފާ މީހުންނަށެވެ. މައިން ދެކެ ލޯބިވާ، މައިންނަށް ހެޔޮކޮށް ހިތި ދަރިންނަށެވެ.
މިކަމުގައި މިވާ ގޮތަކާއިމެދު ވިސްނާނަމަ ބުނެވެން އޮތީ އެފަދަ ހުވަފެން އެމީހަކަށް އެފެންނަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަން ފެށުމުން ހުވަފެން މެދުވެރިކުރައްވަވައި އެކަމަށް ހިތްވަރުދެއްވަވަނީއެވެ. އަދި ނުބައި ޢަމަލުތައް ކުރަން އުޅޭނަމަވެސް ހުވަފެން މެދުވެރިކުރައްވަވައި އެކަން ނުކުރުމަށް އަންގަވަނީއެވެ.
ވީމާ ހުވަފެނުގައި މަންމަ ފެނުނަސް އަދި އެހެންގޮތަކުން އެހެންކަމެއް ފެނުނަސް މިބާވަތުގެ ހުވަފެންތަކުން ފިލާވަޅު ލިބިގަންނާށެވެ! ތިމާގެ ޢަމަލުތަކަށް ވިސްނާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރާށެވެ!
މިވާހަތައް މިބުނީ އަހުރެންގެ އަމިއްލަ ވިސްނުމުންނެވެ. އަހުރެންގެ ތަޖުރިބާއަށް ބަލައި އަހުރެންނަށް ވިސްނޭ ގޮތަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން