ޢިލްމުން މަންފާ ނުކުރާނެ މީހާގެ ގައިގައި ހުންނާނެ ސިފަތައް- 2

ކިޔުމަށް ހޭދަވާނީ 4މ 16ސ
ޢިލްމުން މަންފާ ނުކުރާނެ މީހާގެ ގައިގައި ހުންނާނެ ސިފަތައް- 2

ޢާއިޝަތު ރަފާޙް ޢަލީ

 

ދެވަނަ ސިފައަކަށް މި ބަލާލަނީ ދުނިޔޭގެ މަތީ މަޤާމްތަކާއި ޖާހަށް އެދިއުޅުމެވެ. ނުވަތަ ދުނިޔޭގެ ދަޅަތަކަށް ހެއްލި އާޚިރަތް މަތީން ހަނދާން ނައްތާލުމެވެ. 

ޢިލްމަކީ ވަރަަށް މުހިއްމު އެއްޗެކެވެ. ޢިލްމު ނެތްނަމަ ޢާފިލްކުރުވައެވެ. އަދި ދުނިޔެ ދެކެ ލޯބިވެ އާޚިރަތް މަތީން ފޫހިކޮށްލައެވެ. އެގޮތުން ޣާފިލުކަމުން ދުރުހެލިވުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި ﷲ ތަޢާލާ އާއި ބެހޭ ޢިލްމު ހޯދުމާއި، އެކަލާނގެއަށް ޛިކުރު ކުރުމާއި، ދީނީ ކަންކަން އުނގަންނައިދޭ މަޖިލިސްތަކާއި ޛިކުރުގެ މަޖިލިސްތަކުގައި ބައިވެރިވުމާއި، ﷲ ތަޢާލާއަށް ދުޢާ ކުރުން އިތުރު ކުރުމާއި، އަބަދުވެސް ޛިކުރު ކުރުން މަތީގައި ދެމިހުރެވޭތޯ މަސައްކަތް ކުރުމާއި، ޤުރްއާން ކިޔެވުމާއި، ދީނީ ކަންކަން އުނގެނުމާއި، ދީނުގައި އަންގަވާފައިވާ ސުންނަތް ޢަމަލުތައް ކުރުމާއި، ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުމާއި، ސުންނަތް ނަމާދުތައް ކުރުން ފަދަ ކަންކަން ހިމެނެއެވެ. 

ﷲ ތަޢާލާ އަންބިޔާ ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ

މާނައީ: "މީސްތަކުންނަށް އެބައިމީހުންގެ ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެބައިމީހުން ޣާފިލުވެ އެކަމުން އެއްކިބާވެގެންވާ ޙާލުގައެވެ." 

އަދިވެސް ﷲ ތަޢާލާ ޙަދީދް ސޫރަތުގެ 20 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرُۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَكُونُ حُطَٰمًا وَفِى ٱلْـَٔاخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ وَرِضْوَٰنٌ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ ﴿٢٠﴾‏

މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائب ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި آخرة ގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ. އަދި اللَّه ގެ حضرة ން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ. (20)" 

އެހެންކަމުން ޢިލްމު އުނގެނުނު ކަމުގައިވިޔަސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން ޖެހެއެވެ. އަދި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް އަޚްލާޤް ގެންގުޅެން ޖެހެއެވެ. ރަނގަޅު މަގަށް ތަބަޢަވާން ޖެހެއެވެ.

މިއަދު އޮންލައިން