ފިރިމީހާ އެދުމުން އެއްދާންކުރަން ދެކޮޅުހަދަން އަނބިންނަށް ހުއްދަވާ ޙާލަތާ ހުއްދަ ނުވާނެ ޙާލަތު-: ޝައިޚް އާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފިރިމީހާ އެދުމުން އެއްދާންކުރަން ދެކޮޅުހަދަން އަނބިންނަށް ހުއްދަވާ ޙާލަތާ ހުއްދަ ނުވާނެ ޙާލަތު-: ޝައިޚް އާޞިމް އަލްޙަކީމް

ފިރިމީހާ އެއްދާންކުރުމަށް އެދިއްޖެ ހިނދެއްގައި އަނބިމީހާއަށް އެކަމަށް އިޢްތިރާޒްކުރުމުގެ ޙައްޤުލިބިގެންވާ ޙާލަތަކީ ޙައިޟް ނިފާސްކަމުގައި އިންނަ ދުވަސްތަކުގައާއި އެއްދާންކުރުމަށް އޭނާއަށް ތަދުވެ އަނިޔާލިބޭނަމައެވެ. އެޙާލަތުގައި އެކަމަށް ދެކޮޅު ހެދުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވެއެވެ. އެއީ ﷲ ތަޢާލާ އޭނާއަށް ދެއްވަވާފައިވާ ޙައްޤެކެވެ.  

ނަމަވެސް ކުރާހިތް ނުވާކަމަށް ބުނެ ދެކޮޅު ހެދުމެއް ނެތެވެ. ކުރާ ހިތް ނުވުމަކީ ދީނީ ގޮތުން ދެއްކެން އޮތް ޢުޒުރެއް ނޫނެވެ. ފިރިމީހާ އާއިއެކު ގުޅުން ހިންގާހިތްނުވާނަމަ ރަނގަޅު ގޮތަކީ ކައިވެނީގެ ރަން އަނބުރާދީ، ކައިވެނި ރޫޅައިލުމެވެ. ފިރިމީހާ އަނބުރާ ރަން ބޭނުންނުވާނަމަ އަނބުރާ ނުދީ ނަމަވެސް ވަރިވުމެވެ.   

ކައިވެނިކުރުމުގެ ބޭނުމަށް ބަލާއިރު ކައިވެނިކޮށް އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުތައްކޮށް ބޯހިޔާވަހިކަންދީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން އަނބިމީހާ ބެލެހެއްޓުމުގެ އެންމެ ބޮޑު ބޭނުމަކަށްވެފައި އޮންނަނީ ފިރިމީހާއަށް ބޭނުންވާހިނދު ޙަލާލް ގޮތުގައި އެއްދާންކުރުމެވެ. ވީމާ މިބަޔާންކުރި ޙާލަތްތައް ފިޔަވައި ހުރިހާ ޙާލަތެއްގައިވެސް ފިރިމީހާ އެދުމުން އެކަންކޮށްދޭންޖެހޭނެއެވެ. ކުރާހިތް ނުވުމަކީ ނުކުރަން ދެއްކޭނެ ބަހަނާއެއް ނޫނެވެ.  

ހަމައެފަދައިން އަނބިމީހާ އެދުމުން ފިރިމީހާއަށްވެސް އޮތީ އަނބިމީހާގެ އެދުމަށް އިޙްތިރާމްކުރުމުމެވެ. ޢިޒުރުތައް ދައްކައި ދެކޮޅުހެދުމެއް ނެތެވެ. ދެމަފރިން ދެފަރާތަށް އެނބުރި ތިބެ ނިދުމެއް ނެތެވެ. ފިރިން އަނބިންނަކީވެސް އެކަމަށް ބޭނުންވާނެ ބައެއްކަން ދަންނަންވާނެއެވެ.  

ޒަވާޖީ ޙަޔާތަށްބަލާއިރު އުފާވެރި ގޮތުގައި ޙަޔާތް ކުރިއަށް ގެންދެވޭނީ ދެމީހުންގެ މެދުގައި ޞާއްވަން ޖެހޭ ގުޅުންތައް ބާއްވައިގެންނެވެ. ވީމާ އެކަމަށް ދެމީހުންވެސް އިޙްތިރާމްކުރަންޖެހޭނެއެވެ. އުފަލުގައި ދިރިއުޅެވޭނީ އެއިރުންނެވެ.

 

- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން 

މިއަދު އޮންލައިން