ބޭނުންވާ ކަންކަމަށާ ތެދުމަގު ދެއްކެވުމަށާ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ކޮންމެ ދުވަހަކުވެސް ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބޭނުންވާ ކަންކަމަށާ ތެދުމަގު ދެއްކެވުމަށާ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ކޮންމެ ދުވަހަކުވެސް ކުރަން ރަނގަޅު ދުޢާއެއް!

ޤުރްއާނާއި ސުންނަތުން ފެންނަންހުރި ދުޢާތަކުގެ އިތުރުން އެމީހެއްގެ ކިބައި ކުޅަދާނަކަންހުރިމިންވަރަކުން ރިވެތި ޢިބާރާތްތައް ބޭނުންކޮށްގެން އަމިއްލައަށް ދުޢާކުރުމަކީވެސް ވަރަށް ރަނގަޅު ކަމެކެވެ.  

ދުޢާކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. އަދި ދުޢާކުރުން ވެސް ލައްވަވާފައިވަނީވެސް ހަމަ އަޅުކަމެއްގެ ގޮތުގައެވެ. ވީމާ ދުޢާކުރުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެ ކަމެކެވެ. އިން ޝާ ﷲ

ތިރީގައިވާ ދުޢާއަކީ ކޮންމެ މީހަކަށްވެސް މުހިންމުވާނެ ގިނަ ކަންތައްތަކެއް ހިމެނޭ ދުޢާއެކެވެ. ދިރިއުޅުމުގެ ޙާލަތާއި އަދިވެސް ތިމާއަށް އެންމެ ބޮޑަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ދުޢާއެކެވެ. އިން ޝާ ﷲ  

"ޔާ ﷲ! އަތްމަތިދަތިކަމާއި ހިތާމައާއި ހިތްދަތިކަމުގައި މިއަޅާ އާއި މިއަޅާގެ ޢާއިލާ ދިރިއުޅެމުންދާތާ އެތައް ދުވަހެއްވީއެވެ. އަދިވެސް އަޅަމެން މިތިބީ ހަމަ އެޙާލަތުގައެވެ.  އަޅަމެންނަށް ކުރިމަތިވެފައިވާ ކަންކަމުގެ ސަބަބުން އަޅަމެންނަށް ލިބިފައިވާ ނިކަމެތިކަމާއި ދަތިތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އިނބަ ﷲ އެވެ!  

ޔާ ﷲ! އަޅަމެންނަށާއި ދަތިޙާލުގައިވާ އެންމެންނަށް އަވަސް ޙައްލެއް މިންވަރުކުރައްވަވައި ދެއްވަވާނދޭވެ! ބަލިޙާލުގައިވާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވާނދޭވެ! ބަލި ނުވެ ތިބި އެންމެންނަށް ބަލިތަކުން ރައްކައުތެރިކަން މިންވަރުކުރައްވަވައި ދެއްވަވާނދޭވެ!  

ޔާ ﷲ! އަޅަމެންނަށް ވަނީ މަގުން ކައްސައިލެވިފައެވެ. ފާފަތައް ކުރެވިފައެވެ. އަޅަމެންނަށް ޢަފޫކުރައްވަވައި ދެއްވަވާނދޭވެ! އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އިނބަ ﷲ އަށް ވަކީލްކުރާ އަޅުންގެ ތެރެއިން އަޅަމެން ލައްވަވައި ދެއްވަވާނދޭވެ!" އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން