ބެސްޓްފްރެންޑުންގެ ކިބައިން ލަނޑުލިބެނީ މި 3 ކަންތަކަށް ނުބަލާ ބެސްޓްފްރެންޑްކަން ދޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބެސްޓްފްރެންޑުންގެ ކިބައިން ލަނޑުލިބެނީ މި 3 ކަންތަކަށް ނުބަލާ ބެސްޓްފްރެންޑްކަން ދޭތީ!

ކިތަންމެ ގާތްކޮށް އުޅުނަސް ޙަޤީޤީ ރަޙްމަތްތެރިއެއްކަން ޔަޤީންކުރަންވާނީ މި 4 ކަންތައް ފުރިހަމަނަމައެވެ. އެ4 ކަމަކީ: 

ހާލުގައި ޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމާއި

ތިބާ ނުއެދެނީސް ކޮށްދޭ ހެޔޮ ކަންކަމުންނާއި

ތިބާ ނެތްތަންތަނުގައި ތިބާއާއިމެދު ބުނާ ބަހުންނާއި

އަދި ތިބާ މަރުވުމުން ތިބާއަށް ހެޔޮ ދުޢާކޮށްދޭނަމައެވެ. 

މި 4 ކަންތައް ތިބާއަށް ކޮށްދޭ މީހާއަކީ ޙަޤީޤީ ރަޙްމަތްތެރިއެކެވެ. ތިބާއަށް ބެލޭނީ ފުރަތަމަ 3 ކަންތަކެވެ. 3 ކަންތަކަށް ބަލާވާހަކަ މިބުނީ އެހެންވެގެންނެވެ. 4 ވަނަ ކަންތަކަކީ ބެލޭނެ ކަމެއް ނޫނެވެ. އެހެނީ އެއީ ތިބާ މަރުވުމުން ކުރާނެ ކަމަކަށްވާތީއެވެ. މިދައްކާ ވާހަކައިގެ މާނައަކީ ހަޤީޤީ ރަހްމަތްތެރިއަކު ނަމަ މި 4 ކަންތައް ފުރިހަމަކުރާނެކަމެވެ.   

ބައެއް ޢިލްމްވެރިން 5 ވަނަ ކަމެއްވެސް ފާހަގަކުރައްވައެވެ. އެއީ ތިބާގެ ޣައިރު ޙާޒިރުގައި (ތިބާ ނެތި) ތިބާގެ އަނބިދަރިންނަށް އިޙްތިރާމްކުރާ މިންވަރެވެ. އެންމެ ގިނަ ބައަކު ފޭލްވަނީ މިކަމުގައެވެ. ބައިވެރިޔާ ޖަހައިގަންނަނީ މިކަމުގައި ފޭލްވާތީއެވެ. ވީމާ އަހުރެން ބުނާނީ މިއީ އެންމެ މުހިންމު ކަންތައް ކަމަށެވެ. 

ޙަޤީޤީ އެކުވެރިންނަކީ މިހާރު ވަރަށް މަދު ބައެކެވެ. ޙަޤީޤީ އެކުވެރިއަކު ލިބިއްޖެނަމަ އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. ކަމެއްގައި ޚިޔާލުތަފާތުވިނަމަވެސް އެފަދަ އެކުވެރިއަކު ދޫކޮށްނުލާށެވެ. އެމީހަކާއި ދެބަސްވެ ވަކިނުވާށެވެ. އަދި އެކުވެރިކަން ބަދަހިކުރުމުގައި އޭނާގެ ކިބައިގައި މިކަންކަން ހުރިމިންވަރަށް ބަލާށެވެ!  

ރަޙްމަތާއި ރަޙްމަތްތެރިކަމުގެ މާނަ ވަރަށް ތަފާތެވެ. ނަމަވެސް މިދެ ބަހުގައިވެސް ވަރަށް ބޮޑު ގުޅުމެއް އެބަވެއެވެ. ޙަޤީޤީ ރަހްމަތްތެރިންނަކީ ރަޙްމަތަކަށްވާކަމެވެ. 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން