ކުރިމަތިވާ މައްސަލަތަކަށް ކަންބޮޑުވެ ޙައްލުކޮށްދޭން އެހީތެރިނުވާ ބައިވެރިއަކާއިއެކު ދިރިއުޅުމުން ކުރާނެ ފައިދާއެއް ނެތް! ލިބޭނީ ގެއްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކުރިމަތިވާ މައްސަލަތަކަށް ކަންބޮޑުވެ ޙައްލުކޮށްދޭން އެހީތެރިނުވާ ބައިވެރިއަކާއިއެކު ދިރިއުޅުމުން ކުރާނެ ފައިދާއެއް ނެތް! ލިބޭނީ ގެއްލުން!

ކައިވެނީގެ ޚުޠުބާއަށް ބެލިނަމަވެސް އެކަކު އަނެކަކަށް ކުރިމަތިވާ ކަންކަމުގައި އެހީތެރިވެދީ އެކަމެއް ޙައްލުކުރަން މަސައްކަތްކުރުމަކީ ދެމީހުންގެ މައްޗަށްވެސް އޮތް ވާޖިބެއްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ވީމާ އެކަމުގައި އެކަކުވެސް އިހްމާލުވެގެނެއް ނުވާނެއެވެ.  

ނަމަވެސް ގިނައިން ފެންނަނީ އެގޮތަށް ކަންކަން ނުކުރެވޭތަނެވެ. އަނެކާއަށް ބޮޑެތި މައްސަލަތައް ކުރިމަތިވުމުން އެކަމުގެ ވާހަކަ ކިޔައިދޭން މަސައްކަތްކުރުމުން އަޑުއަހަން ބޭނުން ނުވާ ބައަކުވެސް އުޅެއެވެ. އަޑުއަހައި އެކަމަށް ކަންބޮޑުވާކަމަށްބުނި ނަމަވެސް ޢަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރާ މީހުންވެސް އުޅެއެވެ.  

މިއީ ވަރަށް ދެރަކޮށް މެދުވެރިވާ ކަމެކެވެ. ދެމަފިރިން ކަމުގައިވުމަށްފަހު ކޮންމެ މީހަކުވެސް އަނެކާއަށް އިހްތިރާމްކުރަންޖެހޭނެއެވެ. އިޙްތިރާމްކުރުމުގެ މާނައަށް ބެލިނަމަވެސް އެކަކަށް ކުރިމަތިވާ ކަންކަމުގައި ތިމާވެސް ބައިވެރިވެ އެކަމެއް ޙައްލުކުރަން އަނެކާއަށް އެހީތެރިވެދިނުން ހިމެނެއެވެ. ވީމާ އެއީ ހިތްވަރުދިނުން ކަމުގައިވީނަމަވެސް އަދި މާލީ ގޮތުން އެހީތެރިވުންކަމަށްވީނަމަވެސް އަދި އެހެން ގޮތަކުން އެހީތެރިވެދިނުން ނަމަވެސް އެހީތެރިވެދެވެން އޮތް ގޮތަކަށް އެހީތެރިވެދޭންވާނެއެވެ.  

އެކަންކަން ޢަމަލީ ގޮތުން ކޮށްނުދޭ ބައިވެރިއަކާއިއެކު ދިރިއުޅެން މަސައްކަތްކުރިނަމަވެސް ޙަޤީޤީ އުފާވެރިކަމެއް ލިބިގެން އުޅެން ފަސޭހައެއް ނުވާނެއެވެ. އަބަދުވެސް އޮންނާނީ ހިތުގައި ޝަކުވާތަކެއް އުފެދިފައެވެ. ކަންބޮޑުވާންޖެހިފައެވެ. ވީމާ ގިނަ ޢިލްމުވެރިން ވިދާޅުވަނީ މިބަޔާންކުރި ޙާލަތުގައި، އެކަކު އަނެކަކަށް ކުރިމަތިވާ ކަންބޮޑުވުންތަކުގައި ބައިވެރިޔާ ޢަމަލީ ގޮތުން ބައިވެރިވެ އެހީތެރިނުވާނަމަ ރަނގަޅި އެހެން ގޮތެއް ވިސްނުން ކަމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން