މުސްލިމުންގެ ޙަޤީޤަތް- ޔަހޫދީ ފާދިރީއެއްގެ ދުލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މުސްލިމުންގެ ޙަޤީޤަތް- ޔަހޫދީ ފާދިރީއެއްގެ ދުލުން

"އަހަރެމެން އެމީހުންނަށް ކިޔަނީ އިސްމާޢީލްގެ ދަރިކޮޅުގެ މީހުންނެވެ. އެއީ ވަރަށް ވަރުގަދަ ހިތްވަރެއް ލިބިގެންވާ ބައެކެވެ. އެމީހުންނަށް އެހިތްވަރު ލިބެނީ އެމީހުންނާއިއެކުގައިވާ ރޫޙާނީ ބާރެއްގެ ސަބަބުންނެވެ. އެމީހުން އަބަދުވެސް ޔަޤީންކޮށްގެން ތިބޭނީ އެމީހުންނަށް ކާމިޔާބުލިބޭނެ ކަމެވެ. އެމީހުންނަކީ މަރަށް ބިރުގަންނަ ބައެއް ނޫނެވެ. ވީމާ އެމީހުންނަކީ ހަތިޔާރުން ބަލިކުރެވޭނެ ބައެއް ނޫނެވެ." 

މިއީ މުސްލިމުންނާއިމެދު ޔަހޫދީ ފާދިރީއަކު ބުނެފައިވާ ބަސްކޮޅެކެވެ. މިބަސްކޮޅުން އެނގިގެންދަނީ އެމީހުންނަށް މުސްލިމުންގެ ޙަޤީޤަތް އެނގޭކަމާއި އެމީހުންވެސް އެ ޙަޤީޤަތް ޤަބޫލުކުރާ ކަމެވެ. 

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިއުޅެނީ މިމިންވަރަށް އަހުރެމެންގެ ކަންކަން ޤަބޫލުނުކުރެވިގެންނެވެ. އަހުރެމެންގެ ކިބައިގައި މިމިންވަރަށް އީމާންކަން ހުންނަންޖެހޭނެކަންވެސް ޤަބޫލުނުކުރެވިގެންނެވެ. 

މުސްލިމުންނާއިމެދު މިފަދަ ބަސްތައް ބުނެއުޅެނީ ވަކިބައެއް ނޫނެވެ. މުސްލިމުންގެ ޙަޤީޤަތް އެނގޭ އެންމެންވެސް ބުނެއުޅެއެވެ. އަދި މިކަންކަމަކީ ކޮންމެ މުސްލިމަކުވެސް ހިތުގެ އަޑިން ޔަޤީންކޮށްގެން ތިބެންޖެހޭ ކަންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން