ކޮންމެ މުސްލިމެއްގެވެސް އެންމެ ބޮޑު ބޭނުމކަށްވާނީ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. އަދި އެއިގެ އިތުރުންވެސް ޙާޞިލްކުރަން ބޭނުންވާ އެތައް ބައިވަރު ކަންތައްތަކެއް ހުންނާނެއެވެ.
އެމީހަކު ކޮންމެ ކަމަކަށް ބޭނުންވިޔަސް، އެކަމެއްގެ ޥާހަކަ ދުލުން ބަޔާން ނުކުރިނަމަވެސް އެކަމެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ޢަމަލެއް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ހެޔޮދުޢާކުރުމެވެ. އެކަންކުރަން އޮތް ކަމަކީ ގިނަގިނައިން ޞަލަވާތް ކިޔެވުމެވެ.
އަދި ކީއްހެއްޔެވެ؟ އެއީ ޤިޔާމަތްދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފެންޢާރުކޮޅު ކައިރިން އިތުރު ޞާހިބާ އާއި ބައްދަލުވުން އެދިގެންވެސް ކުރަން އޮތް ކަމެކެވެ.
ވީމާ ކޮންމެ ކަމަކަށް ބޭނުންވެގެން ހުރިނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. އެއީ މަސައްކަތުގައި އުޅެމުންވެސް އަދި ހުސްވަޤުތުކޮޅެއް ލިބޭއިރަށް ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
ތިރީގައިވާ ލިންކުވެސް ވިދާޅުވެލައްވާށެވެ!