ކީރިތި ޤުރްއާނުގައިވާ އުފާވެރި ޚަބަރުތަކުގެ ތެރެއިން އެންމެ އުފާވެރި އެއް ޚަބަރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކީރިތި ޤުރްއާނުގައިވާ އުފާވެރި ޚަބަރުތަކުގެ ތެރެއިން އެންމެ އުފާވެރި އެއް ޚަބަރު-

ކީރިތި ޤުރްއާނުގައި މުއްމިނުންނަށް އުފާވެރި ޚަބަރުތައް ބައިވަރެވެ. އެއިގެ ތެރެއިން އަހުރެން މިފާހަގަކޮށްލަނީ އެންމެ އުފާވެރި އެއް ޚަބަރެވެ. މުސްލިމުން އެންމެ ބޮޑަށް ބޭނުންވާ ކަންތައް ހިންމަވައި ދެއްވަވާނެ ކަމުގެ ޚަބަރެވެ. މިބުނަނީ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާނެ ކަމުގެ ވާހަކައެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"އީމާންވެ ޞާލިޙް ޢަމަލުކުޅަ މީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ހުރިކަމަށް އެއުރެންނަށް ﷲ ވަޢުދު ކުރައްވާފައިވެއެވެ." (5:9) 

މިއާޔަތުގަ ﷲ ދެއްވަވާފައި މިވަނީ މުސްލިމުންނަށް މާޔޫސްވާން ނުޖެހޭނެ ކަމުގެ އުފާވެރި ޚަބަރެވެ! އީމާންވެ ޞާލިޙް ޢަމަލުކުޅަ މީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ. ބޮޑުވެގެންވާ ދަރުމަ އެމީހުންނަށް ހުރިކަމަށް އެއުރެންނަށް ﷲ ވަޢުދު ކުރައްވާފައިވާކަމެވެ.  

ލިބޭ އުފާވެރިކަމަކީ އީމާންވެ ޞާލިޙް ޢަމަލުތައް ކުރުންމަތީގައި ދެމިހުރުމުން އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވަވާކަމެވެ. އަދި ދެދުނީޔޭގައިވެސް އެމީހަކަށް ބޮޑުވެގެންވާ ހެޔޮ ދަރުމަ ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އަދި އެންމެ ބޮޑަށް އުފާކުރަންވީ އެއީ ﷲ ތަޢާލާގެ ވަޢުދުބަސްފުލަކަށްވުމުންނެވެ. 

ވީމާ އީމާންކަން ވަރުގަދަކުރަން ަމސައްކަތްކުރާށެވެ. ޞާލިޙް ޢަމަލުކުރުން ގިނަކުރާށެވެ! އެމީހަކަށް ދެދުނިޔޭގައިވެސް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން