އެއީ ތަންކޮޅެއް ކުރިއެވެ. އަހުރެންގެ ޒުވާން ޢުމުރެވެ. އެއްދުވަހަކު މިލިއަނަރެއްގެ ގެއަށް ގޮސް ޢާއިލާ އާއި ވާހަކަދައްކަން އިންދައި ނަމާދު ވަޤުތު ޖެހުނެވެ. ވަޤުތު ޖެހުމާއިއެކު މިލިއަނަރު ތެދުވެގެން ހިނގައްޖެއެވެ. އަހުރެން ހީކުރީ އޭނާ މުހިންމު ކަމަކު ނުވަތަ ފާޚާނާއަކަށް ދިއައީ ކަމަށެވެ.
އިރުކޮޅެއްވުމުން އޭނާ އެދިއައީ ކޮންތަނަކަށްތޯ ޢާއިލާގެ މީހުންނާ ސުވާލުކުރުމުން ބުނީ އެދިއައީ މިސްކިތައް ކަމަށެވެ. އެހެންބުނެފައި އެމީހުންވެސް ހިނގައްޖެއެވެ. މިސްކިތް ހުންނަނީ ގެއާއި އިންވެގެންނެވެ. އަހުރެންވެސް މިސްކިތައް ދިއައީއެވެ. އޭނާ ފެނުނީ ކުރީސަފުގައި ހުއްޓައެވެ.
ނަމާދު ނިމިގެން ބުނީމެވެ. "އަހުރެންގެ ގާތުގައި ބުނެލިނަމަ އަހުރެންވެސް އެކުގައި މިސްކިތަށް އައިމުހެވެ." އޭނާގެ ޖަވާބު އެނގޭ ހެއްޔެވެ؟ "ބަންގީގެ އަޑު އިވުނު ނޫންހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުން ނަމާދަށް އައުމަށް ގޮވާލެވުނީމާ އެހެން މީހުންގެ ގާތުގައި ނަމާދަށް ދާން އަހުރެން މިއީ ކާކުހެއްޔެވެ؟"
ރައްދުގައި ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. ހިތަށް އެރިއެވެ. "މިމީހާ ދުނިޔެވެސް އަދި އާޚިރަތްވެސް ހޯދައިފިއެވެ." އަދި އެކަމުން ޢިބްރަތް ޙާޞިލުކުރީމެވެ. މިއަދާއި ހަމައަސްވެސް އުޅެމުން މިއަންނަނީ އެލިބުނު ފިލާވަޅުމަތީގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން