މައިންބަފައިންގެ ޙާލު ނުބަލައި ނުނިދާށެވެ! ހޭނުލެވިއްޖެނަމަ ކުރަންޖެހޭ ހިތާމަ މާބޮޑުވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މައިންބަފައިންގެ ޙާލު ނުބަލައި ނުނިދާށެވެ! ހޭނުލެވިއްޖެނަމަ ކުރަންޖެހޭ ހިތާމަ މާބޮޑުވެދާނެ!

މުސްލިމުން ނިދަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެގޮތުން ނިދުމުގެ ކުރިން ވުޟޫކޮށް ޠޯހިރުވަމުއެވެ. އެއީ ޠަހާރަތުގެ މަތީގައި ނިދުމުން އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރައްވަވާނެ މަލާއިކަތަކު އެމީހަކާއިއެކު ލައްވަވައި ދެއްވަވާނެތެވެ. އަދި ނިދާ އެނދު ސާފުކުރުމަށްޓަކައި ފޮޅައި ސާފުކުރުމަށެވެ. އެއީ އެނދުގައި ދިރޭ އެއްޗެއް އޮތްނަމަ ކަށިޖެހުނަ ފަދަ ކަމެއްވެސް ކޮށްފާނެތީއެވެ.  

އަހުރެން މިބުނަނީ ނިދުމުގެ ކުރިން ކުރަން އެފަދަ މުހިންމު ކަމެއްގެ ވާހަކައެވެ. އެކަމަކީ މައިންބަފައިންނަށް ގުޅާލައި އެމީހުންގެ ޙާލުބަލާލައި އެމީހުންގެ ހެޔޮދުޢާ ލިބިގަތުމެވެ. ސަބަބަކީ މައިންބަފައިންގެ ޙާލު ނުބަލާނަމަ އެމީހުންނަށް އެހީތެރިނުވާނަމަ އެމީހުން ތިބޭނީ އެދަރިއަކާއިމެދު ހިތްހަމަނުޖެހިގެންކަމަށްވާތީއެވެ.  

ނިންޖަކީވެސް މަރުވުން ފަދަ ކަމެކެވެ. ނިދީން ނުހޭލެވި ކޮންމެ ދުވަހަކު ކިތައް މީހުން މަރުވޭ ހެއްޔެވެ؟ އެމީހުންގެ ފުރާނަ ހިއްޕެވީ އެމީހުންގެ މައްޗަށް މައިންބަފައިން ނުރުހި ހިތްހަމަނުޖެހިގެންކަމަށްވެއްޖެނަމަ އެކަންވާނީ ލިބުނު ކިހާބޮޑު ދެރައަކަށް ހެއްޔެވެ؟ އެހެންވެ އަހުރެން ބުރަވާނީ ދުވާލު އެމީހުންނަށް ޒިޔާރަތްކޮށް ޙާލުބެލިކަމުގައިވީނަމަވެސް ތިމާ ނިދުމުގެ ކުރިން ނުވަތަ އެމީހުން ނިދުމުގެ ކުރިން އެމީހުންނަށް ގުޅާލައި ޙާލުބެލުމަށެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުގައި ހެޔޮލަފާ އަޅަކަށްވުމަށް އެދޭމީހާ އެމީހެއްގެ އަނބިދަރިންނަށާއި މައިންބަފައިންނަށް އަދި ޢާއިލާގެ އެންމެންނަށްވެސް ހެޔޮކޮށް ހިތަންވާނެއެވެ. އެމީހުންގެ ޙާލު ބަލަންވާނެއެވެ. ޚާއްޞަކޮށް މައިންބަފައިންގެ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރަންވާނެއެވެ. ސަބަބަކީ އެމީޙުންނަކީ ޢުމުރުން ދުވަސްވެ، ބަލިކަށިކަންމަތީގައި ތިބި ބައަކުނަމަ ވަކިން ބޮޑަށް އަޅާލަންޖެހޭނެއެވެ.  

މިމޭރުމުން މިހާގިނައިން ނަޞޭޙަތްދޭން މިޖެހެނީ މައިންބަފައިންގެ ކަންކަމަށް އިހްމާލުވެވޭ ދަރިން ގިނަވަމުން އަންނާތީއެވެ. އެކަމުގެ ހިތާމައިގައި ތިބެންޖެހޭ މައިންބަފައިންގެ ޢަދަދު ގިނަވަމުން އަންނާތީއެވެ. މިއީ އިސްލާމީ މުޖުތަމައުތަކުގައި މިކަން އޮވެގެންވާނެ ގޮތެއް ނޫނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން