ހަމައެކަނި އެމީހުންނަށް ކަމަކަށް ބޭނުންވުމުން ތިބާގެމަތިން ހަނދާންވާ މީހުންނަކީ ތިބާއަށް ހެޔޮއެދޭ ބައެއް ނޫން! އެމީހުންނަށް ސަމާލުވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހަމައެކަނި އެމީހުންނަށް ކަމަކަށް ބޭނުންވުމުން ތިބާގެމަތިން ހަނދާންވާ މީހުންނަކީ ތިބާއަށް ހެޔޮއެދޭ ބައެއް ނޫން! އެމީހުންނަށް ސަމާލުވާންޖެހޭނެ!

ހަމައެކަނި އެމީހުންނަށް ކަމަކަށް ބޭނުންވުމުން ތިބާގެ މަތިން ހަނދާންވާ ބައަކު އުޅޭނެއެވެ. ގުޅާފައި ނުވަތަ ބައްދަލުކޮށްފައި މޮޅު ވާހަކަތައް ދައްކާނެއެވެ. ބައްދަލުކޮށްފައިވެސް އެފަދަ ވާހަކަތައް ދައްކާނެއެވެ. ތިބާއަށް ތަޢްރީފްވެސް ކުރާނެއެވެ. ނަމަވެސް އެފަދަ މީހުންނަކީ ތިބާއަށް ހެޔޮއެދޭ މީހުންނެއް ނޫނެވެ. 

އެކުވެރިކަން ބާއްވަން އޮތީ ތިމާއަށް ކަމަކަށް ބޭނުންވުމަކުން ނޫނެވެ. އެހެންކަމުން އެގޮތަށް ކަންކަންކުރާ މީހުންނަކީ ޙަޤީޤީ އެކުވެރިން ކަމަށް ބަލައިގެން ކުރާނެ ފައިދާއެއް ނެތެވެ. 

ހަމަ އެއާއިއެކު ތިބާގެ ވަޤުތައް އިހްތިރާމްނުކުރާ މީހުންނާއިމެދުގައިވެސް ސަމާލުވާންވާނެއެވެ. ޚާއްޞަކޮށް ތިބާގެ ޢާއިލީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ތިބާގެ ވަޤުތުތައް ބޭކާރުކުރުވާނަމަ އެއީ ތިބާއަށް ހެޔޮއެދޭ މީހެއް ނޫނެވެ. 

ހެޔޮއެދޭ އެކުވެރިންގެ ސިފައަކަށް ވާންޖެހޭނީ ތިބާގެ ޢާއިލީ ގުޅުން ބަދަހިވުމަށް އެހީތެރިވުމެވެ. ވީމާ އެފަދަ އެކުވެރިން އަބަދުވެސް ބާރުއަޅާނީ ތިބާގެ ވީހާ ގިނަ ވަޤުތުތަކެއް ޢާއިލާ އާއިއެކު ހޭދަކުރުމަށެވެ. އެކަމަށް ހިތްވަރުދީ ހަނދާންވެސް ކޮށްދޭނެއެވެ. 

- މާހިން

މިއަދު އޮންލައިން