މުނާފިޤޫން ސޫރަތުގައިވާ ބައެއް ވާހަކަ 3

ކިޔުމަށް ހޭދަވާނީ 4މ 45ސ
މުނާފިޤޫން ސޫރަތުގައިވާ ބައެއް ވާހަކަ 3

ޢާއިޝަތު ރަފާޙް ޢަލީ

 

މުނާފިޤޫން ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ ތަޢާލާ ބަޔާން ކުރައްވަނީ މުދަލުގެ ފިތުނަތަކުން ސަލާމަތްވުމަށެވެ.  

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُمْ عَن ذِكْرِ ٱللَّهِ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴿٩﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް اللَّه ހަނދުމަކުރުމުން ތިޔަބައިމީހުން مشغول ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ. (9)" 

އެގޮތުން ބަޔާންކުރައްވަނީ ދަރީންނަކީވެސް ނިޢްމަތެއް ކަމާއި އިސްލާމްދީން އެދެނީ ދިރިއުޅުމުގައި ޙަލާލް ގޮތުގައި ފައިސާގެ މަންފާ ލިބޭ އިންސާނެކެވެ. އަދި މަރުވުމަށްފަހު ވެސް އެކަމުން ފައިދާ ކުރާނެ ފަދަ އަކުން އެމީހުންގެ މުދަލުން ހޭދަކުރުން ނުވަތަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތައް މުދާ ގެންގުޅުމެވެ. އަދި ދަރީންވެސް ދީނުގެ މަތީގައި ސާބިތުވެ އެކުއްޖާއަށް އުފާވެރިކަންލިބި، މިދުނިޔެއަށާއި، آخرة އަށްޓަކައި މަސައްކަތްކޮށްގެން ދިރިއުޅުމަށެވެ.

الله ތަޢާލާއަށް ކިޔަމަންތެރިވުމަށް ދުނިޔޭގައި ހުށަހަޅާ ހުށަހެޅުންތަކުން ފައިސާއާއި ދަރިން ނުވަތަ އެނޫންވެސް ކަމަކުން އެއްކިބާވާށެވެ. އަދި ނަމާދުކުރުމަށާއި ޒަކާތް ދެއްކުމަށާއި އަމުރުތައް އަދާކުރުމަށާއި ޙަރާމް ކަންތައް ދޫކޮށްލެއްވުމަށް އެކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިވާށެވެ. 

ﷲ ތަޢާލާ ޤަޞަޞް ސޫރަތުގެ 77 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ ﴿٧٧﴾‏

މާނައީ: "އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) آخرة ގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: آخرة ގެ ދިންނެވުމާއި، رحمة އާއި، ثواب އަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّه ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ! އަދި ބިމުގައި فساد އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، فساد ކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (77)" 

އަދި ﷲ ތަޢާލާއަށް ކިޔަމްނތެރިކަން ދޫކޮށް ދުނިޔެއަށް ތަބަޢަވެއްޖެ މީހާ ދަންނާށެވެ. އެމީހާގެ އާޚިރަތް ގެއްލިއްޖެއެވެ.  

ﷲ ތަޢާލާ ނިސާ ސޫރަތުގެ 77 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا ﴿٧٧﴾‏

މާނައީ:  "ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ އުފަލަކީ ކުޑަވަގުތުކޮޅެއްގެ ކަމެކެވެ. އަދި، تقوى ވެރިވި މީހަކަށް آخرة ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް ކިތަންމެ ކުޑަމިންވަރަކުންވެސް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. (77)"

 

މިއަދު އޮންލައިން