ދުލުން ނުކިޔަވާ ހިތުން ކިޔެވީމާ ޤުރްޢާން ކިޔެވިކަމަށްވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދުލުން ނުކިޔަވާ ހިތުން ކިޔެވީމާ ޤުރްޢާން ކިޔެވިކަމަށްވާނެތަ؟

ދުލުން ނުކިޔަވާ ހިތުން ކިޔެވީމާ ޤުރްޢާން ކިޔެވިކަމަށްވާނެތަ؟

ކިޔުންތެރިޔާގެ ސުވާލަށް ޝައިޚް ޝާފިޢުގެ މިބަސްފުޅުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

"ޤުރްއާން ކިޔަވާއިރު ދޫޙަރަކާތްކުރާ ކަމަށްވާނަމަ އެއީ ޤުރްއާން ކިޔެވުން ކަމުގައި ބެލޭނެއެވެ. އަޑު ވީއްލައި ކިޔެވިޔަސް އަޑުނީވޭވަރަށް މަޑުން ކިޔެވިޔަސް މެއެވެ. އެކަމަކު ދޫ ޙަރަކާތްނުކޮށް ހިތުން ކިޔެވުމަކީ އެއީ ޤުރްއާން ކިޔެވުން ކަމުގައިނުވާނެއެވެ. އަދި ހިތުން ކިޔަވާ ކިޔެވުމަކަށް ޘަވާބެއްވެސް ނުލިބޭނެއެވެ." ޝައިޚް ޝާފިޢު

ހިތްމައްޗަށް ޤުރްއާން ގެނައުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ނަމަވެސް އެއީ ޤުރްއާން ހަނދުމަކުރިކަމުގެ ޘަވާބެވެ. ދޫ ޙަރަކާތްކުރެވޭ މީހަކަށް ކިޔެވި ކަމުގެ ޘަވާބު ލިބޭނީ ދޫޙަރަކާތްކޮށްގެން ކިޔެވުމުންނެވެ.

ބައެއް މީހުންނަށް މިކަްނ ނުއެނގޭތީނަމަވެސް ދުލުން ނުކިޔަވައި ހިތުްނ ކިޔަވާކަން ފާހަގަކުރެވެއެވެ. އެކަން ފާހަގަކުރެވެނީ ތުންފަތް ޙަރަކާތްކުރާތަން ނުފެންނާތީއެވެ. ދޫ ޙަރަކާތްތެރިވާނަމަ ތުންފަތް ޙަރަކާތްތެރިވާނެތީއެވެ. ވީމާ މިއީ އިޞްލާޙްކުރަންޖެހޭ ކަމެއްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން