އެމްޕީއެލްއިން އުތުރު މެރިޓައިމް ސަރވިސްގެ ވޯޓަރ ބަންކަރިންގ ޚިދުމަތަށް އައު ފެން ބާޖެއް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެމްޕީއެލްއިން އުތުރު މެރިޓައިމް ސަރވިސްގެ ވޯޓަރ ބަންކަރިންގ ޚިދުމަތަށް އައު ފެން ބާޖެއް ތަޢާރަފްކޮށްފި

އުތުރު މެރިޓައިމް ސަރވިސްގެ ވޯޓަރ ބަންކަރިންގ ޚިދުމަތަށް އައު ފެން ބާޖެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތަޢާރަފްކޮށްފިއެވެ. މި ބާޖަކީ އެމްޕީއެލްގެ މުވައްޒަފުން 5 މަސްދުވަހުގެ ތެރޭގައި ތައްޔާރުކޮށްފައިވާ ބާޖެކެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވި ގޮތުގައި މި އައު ބާޖުގައި އެއްފަހަރާ 200 ޓަނުގެ ފެން ރައްކާކުރެވޭނެއެވެ. އަދި މި ބާޖު އަންނަ ހަފުތާގައި އިހަވަންދިއްޕޮޅަށް ފޮނުވުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބާޖާއެކު ޒަމާނީ ފެނުގެ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްޕީއެލްއާއި ތުރާކުނު ކައުންސިލް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އުތުރު މެރިޓައިމް ސަރވިސްގެ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް ނިންމުނެވެ. އަދި ފެން ބާޖް ރީފިލްކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައެވެ.

މި އައު ފެން ބާޖް ތަޢާރަފްކުރުމާއި، ތުރާކުނު ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން އުތުރުގެ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ އުތުރުގެ މެރިޓައިމް ދާއިރާގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.                     

މިއަދު އޮންލައިން