ކިތަންމެ ބޮޑަށް މީސްތަކުންނަށް ދީލަތިވިޔަސް ޤިޔާމަތް ދުވަހު އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 17ސ
ކިތަންމެ ބޮޑަށް މީސްތަކުންނަށް ދީލަތިވިޔަސް ޤިޔާމަތް ދުވަހު އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ މީހުން-

އުއްމުލް މުއުމިނީނަ އަޢިޝާ ރަޟިޔަﷲ ޢަންހާ ސުވާލު ކުރެއްވި، ޖާހިލިއްޔަ ޒަމާނުގަ އުޅުނު ހެޔޮ ފޯރުކޮށްދިން މީހަކާ ބެހޭ ގޮތުން. އަބްދުﷲ ބިން ޖަދްޢާންއޭ ކިޔުނު، ދީލަތި ކަމުގައި ނަން މައްޝޫރު މީހަކާ ބެހޭގޮތުން. އޭނާއަކީ މީސްތަކުންނަށް ހެޔޮ ފޯރުކޮށްދީ، މިސްކީނުންނަށް ކާންދީ ރަޙީމުގެ ގުޅުން ދަމަހައްޓާ، އަދިވެސް މިފަދަ އެތައްބައިވަރު ހެޔޮ ކަންތައްތަކެއް ކޮށްފައިވާ މީހަކަށް ވާތީވެ، އާޚިރަތްދުވަހު، ޤިޔާމަތް ދުވަހު އޭނާ ދުނިޔެމަތީގައި ކޮށްފައިއެވާ ހެޔޮކަންތައްތަކުގެ ސަބަބުން އޭނާއަށް އެއްވެސް ކަހަލަ ފައިދާއެއް ކުރާނެތޯ؟ އޭނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަޒާބުން ކުޑަ މިންވަރެއްކަމުގައި ވިޔަސް ލުއިވެގެން ދާނެތޯ؟  

އާދެ، ނަބިއްޔާ ޝައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ -- " އޭނާއަކަށް އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ." --- " ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އޭނާ ދެއަތް އުފުލާ ދުވަހަކުވެސް ދުޢާ ކޮށްފައެއް ނުވެއޭ،  އޭނާގެ ފާފަތައް ފުއްސަވާތޯ."  

އޭނާއަކީ ﷲ ސުބުޙާނަހު ވަތަޢާލާއަށް އެކަނި އަޅުކަން ކޮށްފައިވާ މީހެއް ނޫނޭ. އޭނާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝިރުކު ކޮށްފައިވާ މީހަކަށް ވާތީވެ، އެކަލާންގެ ދީނަށް ތަބާނުވާ މީހަކަށްވާތީވެ، އެކަމުގެ ސަބަބުން އޭނާ ދުނިޔެމަތީ މީސްތަކުންނަށް ހެޔޮ ފޯރުވުމުގައި އެހާ ބައިވަރު ކަންތައްތައް ކޮށްފައި ހުރި ކަމުގައިވިޔަސް އާޚިރަތްދުވަހު އޭގެތެރެއިން އެއްވެސް ކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ މީހަކަށް ވެގެން ގޮސްފައިމިވަނީ.

އާދެ، މިއަދު އަޅުގަނޑުމެން ވަރަށް ބޮޑަށް ދަންނަންޖެހޭ ޙަޤީގަތެއް މިކަމަކީ މީ، މީހަކު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝިރުކު ކޮށްފިކަމުގައި ވާނަމަ، އިސްލާމް ދީނަށް ތަބާ ނުވާކަމުގައި ވާނަމަ އެހެން ކިތަންމެ ބައިވަރު ހެޔޮ ކަންތައްތަކެއް ކުރިކަމުގައި ވިޔަސް، މީސްތަކުންނަށް ހެޔޮ ފޯރުކޮށްދިނުމުގައި ހިޔުމެނިޓޭރިއަން މަސައްކަތްތައް ނުވަތަ އިންސާނިއްޔަތަށްޓަކައި ކިތަންމެ ބައިވަރު މަސެއްކަތްތައްތަކެއް އޭނާ ކޮށްދީފައި ހުރި ކަމުގައި ވިޔަސް އާޚިރަތުގައި އެމީހެއްގެ މަންޒިލަކަށް ވާނީ ނަރަކަ ކަން. 

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާނުގެ އެތައް ބައިވަރު އާޔަތްތަކެއްގައި މިކަން ވަނީ ބަޔާންކޮށްދެއްވާފަ. --- " ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒްރަތުގައި ދީނަކީ އެއީ އިސްލާމް ދީނެވެ." އެހެން އާޔަތެއްގައި އެކަލާންގެ ބަޔާން ކުރައްވާފައިވަނީ، ވަޙީކުރައްވަނީ --- " އިސްލާމްދީން ފިޔަވާ އެހެން ގޮތެއް، އެހެން ދީނެއް އެމީހަކު ބޭނުންވެއްޖެކަމުގައި ވާނަމަ ، އެހެން ގޮތަކަށް އެހެން ނިޒާމަކަށް އެމީހަކު ތަބާވެއްޖެކަމުގައި ވާނަމަ" --- "އެކަލާންގެ އެކަމެއް ޤަބޫލެއް ނުކުރައްވާނެއެ. " --- އަދި އޭނާ ވެގެންދާނީ އާޚީރަތުގައި ގެއްލެނިވި ހަލާކުވެގެންދާ މީހުންގެ ތެރެއިންނެވެ." 

އެހެންކަމުން ކިތަންމެ ބައިވަރު ކަންތައްތަކެއް ކުރިކަމުގައި ވިޔަސް އެ ހުރިހާ ޢަމްލަތަކެއް ބާޠިލް ވެގެން ދާނެ. ﷲ ސުބުޙާނަހު ވަތަޢާލާ ޢަންއާމް ސޫރަތުގައި އެތައް ބައިވަރު ނަބީބޭކަލުންގެ ވާހަކަތައް ބަޔާންކުރައްވާ، އެކަލާންގެ އެއަށް ފަހުގައި އެއާ ވިއްދައިގެން ވަޙީ ކުރައްވަނީ --- އެ ނަބީ ބޭކަލުން، އެބޭކަލުން ޝިރުކު ކުރެއްވިކަމުގައި ވާނަމަ، އެބޭކަލުންގެވެސް ޢަމަލުތައް ބާޠިލް ވެގެން ދިޔައީހޭ" އެހެންވެއްޖެ ކަމުގައި ވާނަމަ އަޅުގަނޑުމެންގެ ހާލަކީ ކޮބައިތޯ؟ 

އާދެ، އަޅުގަނޑުމެންގެ ނަބިއްޔާ އަދި މި އިންސާނީ ތާރީޚް ދެކޭނެ އެންމެ މާތިވެރި އިންސާނާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނާ މުޚާތަބު ކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ --- " ކަލޭގެފާނު ޝިރުކު ކުރެއްވިކަމުގައި ވާނަމަ ކަލޭގެފާނުގެ ޢަމަލުތައްވެސް ބާޠިލްވެގެން ދިޔައީހެވެ. އަދި އާޚިރަތުގަ ގެއްލެނިވެގެންދާ މީހުންގެ ތެރޭގައި ކަލޭގެފާނުވެސް ވީހެއްޔެވެ." 

އެއީ ޝިރުކު ކޮށްފިކަމުގައި ވާނަމަ އެހެން ދީނަކަށް މީހާ އުޅެއްޖެކަމުގައި ވާނަމަ ނިމުން އަންނާނެ ގޮތް ކަން އަޅުގަނޑުމެން ދަންނަންޖެހޭ. ޔަހޫދީއަކަށް، ނަޞާރާއަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމާއިގެން ފޮނުވުމަށްފަހުގައި ދެން ހުއްދައެއް ނުވޭ އެބައިމީހުންގެ ކުރީގެ ދީންމަތީގައި ތިބޭކަށް. އަދި އެކަން އޮތީ ކިހާ މިންވަރަކަށްކަން ބަޔާން ކުރައްވާ ޙަދީޘް ކުރައްވަނީ --- " މިއަދު މޫސާ ޢަލައިހިއްސަލާމް ދުނިޔޭގައި ހުންނެވިކަމުގައި ވާނަމަ އެކަލޭގެފާނުވެސް ހުއްދަ ނުވާނޭ ތިމަންކަލޭގެފާނަށް ތަބާވުން ފިޔަވާ އިތުރު ގޮތަކަށް ކަންކުރަން. " މޫސާ ޢަލައިހިއް ސަލާމް އަކީ ﷲ ސުބުޙާނަހު ވަތަޢާލާ ފޮނުވާފައިވާ މަތިވެރި ނަބީބޭކަލަކަށް އަދި ރަސޫލު ބޭކަލަކަށް ވާއިރު (ޢުލުލްޢަޒުމް މިނައް ރުސުލު) ގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ބޭކަލުންގެ ތެރެއިން އެއް ބޭކަލަކަށް އެކަލޭގެފާނު ވާއިރު އެކަލޭގެފާނަށްވެސް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތު އައުމަށްފަހުގައި އެކަލޭގެފާނު ދުނިޔޭގަ ހުންނެވިކަމުގަ ވާނަމަ އެކަލޭގެފާނަށްވެސް މުޙައްމަން ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުން ފިޔަވާ އިތުރު ގޮތެއް ހުއްދަނުވާނެ ކަމުގައި ބަޔާން ކުރެވިގެން އައިސްފަ މިވަނީ   

އެހެންކަމުން މިއަދު ޔަހޫދީއެއްގެ ގޮތުގަ ނުވަތަ މިއަދު ނަޞާރާއެއްގެ ގޮތުގަ ނުވަތަ މިއަދު އިސްލާމްދީން ފިޔަވާ އެހެން އެއްވެސް ދީނެއްގެ މަތީގައި ހުންނަ މީހަކު، އެމީހަކީ ކިތަންމެ ބައިވަރު ހެޔޮފޯރުކޮށްދިނުމުގެ މަސެއްކަތްތައް ކުރި މީހެއްކަމުގައިވިޔަސް އޭގެ ސަބަބުން އާޚިރުގައި ކުރާނެ އެއްވެސް ފައިދާއެއް ނޯއްނާނެ ކަން ދަންނަންޖެހޭ. މިއަދު އަޅުގަނޑުމެންނާ ސުވާލުކުރެވޭ މިވެނި ކުޅުންތެރިއެއް ނުވަތަ މިވެނި މައްޝޫރު މީހެއް އެއީ އިންސާނިއްޔަތަށް ވަރަށް ބައިވަރު ޚިދުމަތް ކޮށްދޭ މީހެކޭ، ހޮސްޕިޓަލްތައް އަޅައިދޭ މީހެކޭ، ޞަދަގާތް ދޭ މީހެކޭ، މިވެނި ޔޫޓީއުބާ އެއް މިސްޓަރ ބީސްޓް ނުވަތަ މިވެނި މީހަކީ އެއީ ވަރަށް ގިނަ ލާރި ހޭދަކުރާ މީހެކޭ އެތައް ބައިވަރު ބަޔަކަށް ހޭދަކުރާ މީހެކޭ، އޭނަ ސުވަރުގެ ދާނެ ހެއްޔޭ އޭނަ އެހާ ބައިވަރު މީހުންނަށް ހެޔޮ ފޯރުކޮށްދީފައިވާތީ. އާދެ، އަޅުގަނޑުމެންނަށް ވަކި މީހެއްގެ ނަން ކިޔާފަ އޭނަ ދާނީ ނަރަކައަށޭ ނޫނީ ސުވަރުގެއަށޭ ބުނާކަށް ސީދާ ނޭންގޭނެ.  

އެހެންނަމަވެސް އަޅުގަނޑުމެންނަށް ޔަޤީންކަމާ އެއްކޮށް ބުނަން އެނގޭނެ އެއްޗަކީ އެއްވެސް އިންސާނެއް އިސްލާމްދީނަށް ތަބާ ނުވެއްޖެކަމުގައި ވާނަމަ، އެމީހަކަށް އިސްލާމްދީނުގެ ރިސާލަތަ ފޯރުމަށްފަހުގައި ދެން އެއަށް ފުރަގަސްދީފި ކަމުގައިވާނަމަ ދެން އެމީހަކަށް ނަރަކަ ފިޔަވާ އިތުރު ތަނެއް ނެތްކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި މިކަން ބަޔާން ކުރައްވާފައި. (އަރަބި) " ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝިރުކު ކޮށްފިމީހަކަށް" (އަރަބި) "އެކަލާޏްގެ ވަނީ އެމީހަކަށް ސުވަރުގެ ހަރާމް ކުރައްވާފައެވެ." (އަރަބި) " އަދި އެމީހެއް އަބަދުގެ އަބަދަށް ދެމި އޮންނާނެ ތަނަކީ ނަރަކައެވެ." އެހެންކަމުން މި ޝިރުކުގެ މަތީގައި މީހަކު މަރުވެއްޖެކަމުގައި ވާނަމަ އެމީހަކާ މަރާ ބައްދަލުކުރާ އިރުވެސް، އެމީހެއް އިސްލާމްދީނަށް ތަބާ ނުވެއްޖެކަމުގައި ވާނަމަ އެމީހަކަށް ދެން އިތުރު ގޮތެއް ނޯއްނާނެކަން ދަންނަންޖެހޭ. ދުނިޔެމަތީގައި އެމީހަކު ކޮށްފައިވާ ހެޔޮކަމެއްގެ ފައިދާ އެމީހަކަށް ދުނިޔެމަތީގައި ލިބިގެންދާނީ. އެހެނެއް ކަމަކު އެމީހަކީ އާޚިރަތަކަށްޓަކާ ތައްޔާރުވެފައި ނުވާ މީހަކަށް ވާތީ،. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ދީނަށް ތަބާ ނުވާ މީހަކަށް ވާތީ، އާޚިރަތުގަ އެމީހަކަށް އޭގެން ކުރާނެ އެއްވެސް ފައިދާއެއް ނޯއްނާނެކަން އަޅުގަނޑުމެން ދަންނަންޖެހޭ.  

އާދެ، އެބައިމީހުންނަށް އެބައި މީހުންގެ ޢަމަލުތައް ފެންނަހިނދު ވާނެ ގޮތްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ބަޔާން ކުރައްވާފަ. --- " އެބައިމީހުންނަށް އެބައިމީހުން އެއްކޮށްފައިވާ ބައިވަރު ބޮޑެތި ޢަމަލުތައް ފެންނާނެ. އެބައިމީހުންގެ އެ ޢަމަލުތައް ގާތަށް އަންނާނެ. އެހެނެއްކަމަކު އެ ޢަމަލުތައް --- އެއްވެސް ފައިދާއެއް ނެތް އެއްވެސް ބުރަދަނެއް ނެތް އެއްޗެއްގެ ގޮތުގައި ބުރުވާލެވިގެންދާ ކުނޑިތަކެއްގެފަދައިން އެ ޢަމަލުތައް ވެގެންދާތަން ފެންނާނެ."  އޭގެ ސަބަބުން އާޚިރަތުގައި އެއްވެސް ފައިދާއެއް ނުކުރާތަން ފެނިގެންދާނެ.  

އެހެންކަމުން މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ އިސްލާމްކަމުގެ ނިޢުމަތަށް އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭ. އަދި މި ނިޢުމަތުގެ މަތީގައި އަޅުގަނޑުމެން ދެމި ތިބޭތޯ ގަދައަޅާ މަސެއްކަތް ކުރާ ބަޔަކަށް ވާން އެބަޖެހޭ. އަޅުގަނޑުމެންނަށް މި އިސްލާމްކަމުގެ ނިޢުމަތް ލިބިފައިވާތީ، މި އިސްލާމްކަމުގެ މަތީގަ އަޅުގަނޑުމެން މަރުވެއްޖެކަމުގައި ވާނަމަ ސުވަރުގެ ވަދެވެން އަންނަނީ. އެހެންކަމުން މި ނިޢުމަތަށް ފަރުވާތެރިވާ ބަޔަކަށް އަޅުގަނޑުމެން ވާންއެބަޖެހޭ. ގަދައަޅާ މި ނިޢުމަތުގައި ވަރުގަދަޔަށް ހިފަހައްޓާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ.  

އާދެ، ދުޢާއަކީ ﷲ ސުބުޙާނަހު ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީވެސް އިސްލާމްކަމުގެ ނިޢުމަތަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން އެންމެންނަކީވެސް އިސްލާމްކަމުގެ މަތީގައި ދިރިތިބެ އަދި އިސްލާމްކަމުގެ މަތީގައި މަރުވާ ބަޔަކު ކަމުގައި ލެއްވުން. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެން އެންމެންނަކީވެސް ނަރަކައިން ސަލާމަތްވެ ސުވަރުގެއަށް ވަންނަ ބަޔަކު ކަމުގައި ލެއްވުން.

 

 -ޝައިޚް މުޙައްމަދު ޣާލިބް

 

މިއަދު އޮންލައިން