ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ މަންމަ ވާހަކައެއް ކިޔައިދިނުމުން ފުދުނީއެވެ. ދެން އައީ ފޮތް ދައްކައި އެއިގައި ހުންނަ ކުރެހުންތަކާއި ފޮޓޯތައް ދެއްކުމުން ކުދިން ޝައުޤުވެރިވާ ދުވަސްވަރެވެ. އެގޮތުން ތަފާތު މަރުޙަލާތައް ގިރާކުރަމުން އައިސް މިހާރަކީ ވީޑިއޯ އާއި ކާޓޫނުގެ ޒަމާނެކެވެ. ގްރެފިކްސްގެ ޒަމާނެވެ.
މިފަދަ ޒަމާނެއްގައި ޒަމާނަށް އެކަށީގެންވާ ފެންވަރުން ކަންކަން ކުރިއަރުވައި ތަރައްޤީކުރަން އެބަޖެހެއެވެ. އެކަމަށް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން އަންނަނީ މަސައްކަތްކުރަމުންނެވެ. މުފްތީ މެންކްފަދަ ދީނީ ޢިލްމްވެރިންވެސް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
ސަންތިމަރިޔަނބާއި ފޫޅުދިގު ހަންޑީގެ ވާހަކަ އުފެއްދިއްޖެއެވެ. ނަމަވެސް ދަރިންގެ ހިތްތަކުގައި ﷲ ތަޢާލާއަށާއި ﷲ ތަޢާލާއަށާއި އިސްލާމް ދީނަށް ލޯބި ޖައްސުވަން އެކަށީގެންވާ ފެންވަރުގައި މަސައްކަތް އެބަކުރެވޭތޯއެވެ؟ މިއީ ވިސްނާލުން މުހިންމު ކަމަކަށް ނުވަނީތޯއެވެ؟
ތިރީގައިވާ ލިޔުމަށް ވިސްނަވައިލެއްވުން ކީއްތޯއެވެ؟
"ޤަސްވާ" ރަސޫލް (ޞޢޥ)ގެ ޖަމަލުކޮޅު-
"ރަސޫލް (ﷺ) ގެ ފުރަތަމަ މަސައްކަތްޕުޅަކީ ބަކަރި ހުއިހިއްޕެވުމެވެ. އިންސާނުން ފަދައިން ޖަނަވާރުންނަކީ ތަފާތު މިޒާޖުގެ ތަކެއްޗެވެ. ނަމަވެސް ކޮންމެ ޖަނަވާރަކާއިމެދުވެސް ކަންކަން ކުރަންވާނީ ރަސޫލް (ﷺ) ޢަމަލުކުރެއްވެވި ފަދައިން ވަރަށް އޯގާތެރިކަމާއިއެކުގައެވެ.
ރަސޫލް (ﷺ) މައްކާއިން މަދީނާއަށް ހިޖުރަކުރެއްވެވި ބޭނުންފުޅު ކުރެއްވެވި ޖަމަލުގެ ނަމަކީ ޤަސްވާ އެވެ. އެއީ އަބޫބަކުރުގެފާނު ރަސޫލް (ﷺ)އަށް ބަލަވައިގެންނެވި ޖަމަލެކެވެ. ނަމަވެސް ދަތުރުފުޅު ކުރެއްވެވީ އަބޫބަކުރުގެފާނުގެ އަތްޕުޅުން ޤަސްވާ ބައްލަވައިގަންނަވައިގަނެގެންނެވެ.
ރަސޫލް (ﷺ) ވަނީ ޖަމަލަށް އޯގާތެރިކޮށް ހިތުމަށް ޙަދީޘްފުޅުކުރައްވަވައިފައެވެ. ކާންދޭންޖެހޭނެކަމާއި އެއަށް ނުއުފުލޭވަރުގެ ބުރައެއް ޖަމަލު ލައްވައި ނުއުފުލުމަށް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ރަސޫލް (ﷺ) ކުޑަކުދިންނަށް ވެސް ވަރަށް ބޮޑަށް ލޯބިކުރެއްވެވިއެވެ. ކުޑަކުދިންނާއިއެކު މަގުމަތީގައި ކުޅުއްވަވައި އުޅުއްވެވިއެވެ."
(މުފްތީ މެންކް އަޑުއަޅުއްވާފައިވާ ކުޑަކުދިންގެ ކާޓޫނު ފިލްމަކުން)
--މިފިލްމް އުފެއްދިފަރާތުން މިހާރުވަނީ ޕްރައިވެޓް އެޗަކަށްހަދައިފައެވެ. ޢާންމުކޮށް ފެނުނު ދުވަސްވަރު މިއަދުނޫހުގައި ޝާޢިޢުވެސް ކުރެވުނެވެ. ތިރީގައިވާ ލިޔުމުން ޖަމަލުކޮޅުގެ ވާހަކަ ވިދާޅުވެވޭނެއެވެ.
ގުޅުންހުރި ލިޔުން: