އަންހެނަކު ވިހަން ޢުމްރުގެފާނު އެހީތެރިވެދެއްވިކަން އެނގިލައްވާތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަންހެނަކު ވިހަން ޢުމްރުގެފާނު އެހީތެރިވެދެއްވިކަން އެނގިލައްވާތޯ؟

ލިޔުމުގައިވާ ވީޑިއޯ އަޑުއައްސަވައިލައްވާށެވެ. 2 ކަމެއް ފާހަކަކުރެއްވޭނެއެވެ. 

ފުރަތަމަ ކަމަކީ ގަހެއްގެ ދޮށުގައި އަވަހާރަފުޅަށް އޮންނަވަނިކޮށް އެއީ އަމީރުލްމުއްމިނީންކަން ނުއެނގޭ އަންހެނަކު އައިސް ކޮއްޓައި ހޭފުޅުލައްވުވާފައި ޝަކުވާއެއް ކުރުމުން އެކަން ވަގުތުން ބައްލަވައި ޙައްލުކޮށްދެއްވެވި ކަމެވެ. ސުވާލުކުރަންޖެހޭ ފަރާތް ވަގުތުން ޙާޒިރުކުރައްވަވައި މައްސަލަ ބައްލަވައި އަޅުއްވަވަން ޖެހިވަޑައިގަންނަވާ ފިޔަވަޅު އެޅުއްވެވި ކަމެވެ. 

އޭނާ ޝަކުވާކުރީ ކުރީއަހަރު ޒަކާތްބެހިއިރު އޭނާއަށް ނުލިބި އޮތުމުންނެވެ. އެހެންވެ ޒަކާތް ބަހާމީހާއަށް އެންގެވީ މިއަަހރު ޒަކާތް ބަހާއިރު މިދިއަ އަހަރަށްވެސް އޭނާއަށް ދިނުމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިވީތީ އަމިއްލަފުޅު ގޮތުންވެސް އޭނާއަށް އެހީތެރިވެދެއްވެވިއެވެ. 

ދެވަނަ ކަމަކަށް ފާހަގަކުރެވޭނީ ރޭގަނޑު ދަންވަރުގެ ވަޤުތުގައި އަނބިމީހާ ވިހަންވެގެން ބަނޑުގައި ރިއްސާތީ (ވިހަން އެހީތެރިވެދޭނެ މީހަކު ނެތުމުން) ކަންބޮޑުވެ މަގުމަތީގައި ހުރި މީހަކާއި ބައްދަލުވެވަޑައިގަތުމުން އަނބިކަނބަލުން ފޭލިގެއަށް ވަޤުތުން ގެނަނަވައި އެހީތެރިކަން ފޯރުކޮށްދެއްވެވި ކަމާއި އަމިއްލަފުޅަށްވެސް އެކަނބުލޭގެއަށް އެހީތެރިކަން ފޯރުކޮށްދެއްވެވި ކަމެވެ. އަދި އަމިއްލަފުޅަށް ކާތަކެތި ގެންދަވައި ކައްކަވައި އޭނާއަށް ކެވޭނެ ގޮތްވެސް ހަމަޖައްސަވައި ދެއްވެވިކަމެވެ. 

މިކަންކަމަކީ ވެރިކަމުގެ އިސްމަޤާމުތަކުގައި ތިއްބަވާ ކޮންމެ ބޭފުޅަކުވެސް ވިސްނަވައިލެއްވުން ވަރަށް މުހިންމު ކަންކަމެވެ. ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑުއައްސަވާށެވެ! ޙައްލުކޮށްދެއްވެން ހުންނަ ކަންކަން އަވަހަށް ޙައްލުކޮށްދެއްވާށެވެ! އިސްލާމް ދީނުގައި އޮތީ އެގޮތެވެ. 

ގުޅުންހުރި ވީޑިއޯ ބައްލަވައި އަޑުއައްސަވާލެއްވުން ވަރަށް މުހިންމު:

 

މިއަދު އޮންލައިން