މި ޙަދީޘްތަކުގައި ނަމާދުގެ ފަހުން އަދި ނިދުމުގެ ކުރިން ކިޔަން އައިސްފައިވާ ޛިކުރުތަކުގެ ތަފްޞީލް:
1- ނަމާދުގެ ފަހުން ކިޔާ ޒިކުރުތައް:
-އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވާ ޙަދީޘްގައި:
* سبحان الله - 33 ފަހަރު
* الحمد لله - 33 ފަހަރު
* الله أكبر - 33 ފަހަރު
* 100 ފުރިހަމަ ކުރުމަށް: لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير
* މި ޛިކުރުތައް ކިޔައިފި މީހާގެ ފާފަތައް، އެއީ ކަނޑުގެ ފޮނު ހައި ގިނައިން ހުރިކަމުގައި ވިޔަސް ފުއްސަވައި ދެއްވޭނެތެވެ.
- ޢަބްދުﷲ ބިން ޢަމްރުގެ ކިބައިން ރިވާވެގެންވާ ޙަދީޘްގައި:
* سبحان الله - 10 ފަހަރު
* الحمد لله - 10 ފަހަރު
* الله أكبر - 10 ފަހަރު
* މި ޛިކުރުތައް ކުރުމުން ދުލުން 150 އަދި މީޒާނުގައި 1500 ހެޔޮކަން ލިޔެވެއެވެ.
މަސައްކަތުގެ ގޮތުން ވަޤުތު ނެތަސް އަދި ކަށުނަމާދަށް ތައްޔާރުވާތީ ވަޤުތު ނެތަސް މިމަގުން ނަމަވެސް ޛިކުރުނުކޮށް ދޫކޮށްނުލާށެވެ! އަދި އާޔަތުލްކުރުސި ކިޔަވަން ފަރުވާތެރިވާށެވެ!
2. ނިދުމުގެ ކުރިން ކިޔާ ޛިކުރުތައް:
- ފާޠިމަތުގެފާނަށް ރަސޫލާ ﷺ ދަސްކޮށްދެއްވި ޒިކުރުތައް:
* سبحان الله - 33 ފަހަރު
* الحمد لله - 33 ފަހަރު
* الله أكبر - 34 ފަހަރު
ނިދުމުގެ ކުރިން މިފަދައިން ޛިކުރުކުރާނަމަ އެމީހާ އަނެއް ދުވަހަކު ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހިތްވަރު ދެއްވަވާނެކަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ، އިތުރުއެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނަށް ކުރެއްވެވި ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ޛިކުރު ގުނުމާ ބެހޭ އަޙްކާމްތައް:
- ސުންނަތްވެގެންވަނީ ކަނާތު އަތުގެ އިނގިލިތަކުން ގުނުން
- ވާތު އަތުން ގުނުމަކީވެސް ހުއްދަކަމެއް
- ރަސޫލާ ﷺ ކަނާތު އަތުން ގުނުއްވިކަން ޙަދީޘްގައި އައިސްފައިވޭ
- އިނގިލިތަކުން ގުނުން، ތަސްބީޙަ ބޭނުންކުރުމަށްވުރެ މާތްވެގެންވޭ
- ގުނަންވާނީ އިނގިލީގެ ކޮޅުތަކުން (އަނާމިލް)، އަތްތިލައާ ގުޅުވައިގެން
- ވަކި އިނގިއްޔަކުން ފެށުމާމެދު ވަކި ގޮތެއް އައިސްފައެއް ނުވޭ
މުހިންމު ނުކުތާ:
- ޝައިޠާނާ އިންސާނާ ނަމާދުގައި އަދި ނިދަން އޮންނައިރު މި ޒިކުރުތަކުން އެއްކިބާކުރުމަށް މަސައްކަތް ކުރާނެކަން ޙަދީޘްގައި ބަޔާންވެފައިވޭ.
- މި ދެ ޢަމަލަކީ (ނަމާދަށްފަހު އަދި ނިދުމުގެ ކުރީގެ ޒިކުރު) ފަސޭހަ ދެ ކަމެއް ނަމަވެސް، މި ދެކަން ކުރާ މީހުން މަދުކަން ޙަދީޘްގައި ބަޔާންވެފައިވެއެވެ.
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/2355/dhikr-after-salah-and-before-sleeping